165
0

ޔޫތު މިނިސްޓްރީގެ ޓީމުން އުފާ އާއި ބައްދަލުކޮށްފި

165
0

އުނގޫފާރުގައި ހަފްތާރެސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަޑައިގެންތިއްބެވި މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޓީމްގެ ފަރާތުން އުނގޫފާރު ފޯސްޓަރިންގ އެވެއަރނަސް އެސޯސިއޭޝަން (އުފާ) އާއި ބައްދަލުކޮށްފިއެވެ.

ހޮނިހިރު ދުވަހު މެންދުރު ފަހު ބޭއްވި މިބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ލެއްވީ އެމިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލް އަލީ ޒަކީ އާއި ޔޫތު އެސޯސިއޭޓް އަހުމަދު ސާހިދުއެވެ.

އުފާގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވީ ފައުންޑަރ މެންބަރ އިބްރަހީމް ޒަޔާން، ފައިނެސް ޑައިރެކްޓަރ މުހައްމަދު ޝާހު، އެސިސްޓެންޓް ސްޕޯރޓްސް ޑައިރެކްޓަރ އަހުމަދު ތަލާލް އާއި އެޑިއުކޭޝަން އެންޑް ވިމެންސް އެންޕަވަރމަންޓް ޑައިރެކްޓަރ ތޯހާ ހުސައިންއެވެ.

މި ބައްދަލުވުމުގައި އުފާގެ މަސައްކަތްތައް ރާވާ ކުރިއަށްދާގޮތްތަކާއި އުފާ ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވައި އެކަންކަމާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އަދި ކުރިއަށްއޮތްތަނުގައި ޔޫތު މިނިސްޓްރީން އެފަދަ ކަންކަމުގައި އެހީތެރިކަން ހޯދުމުގައި ކުރިއަށްދާނެ ދޮތުގެ ހިޔާލާއި މަޝްވަރާވެސް އެމިނިސްޓްރީން ދީފައިވެއެވެ.

މިޓީމުގެ ފަރާތުން ވަނީ އުނގޫފާރުގެ ކުލަބް ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ކައުންސިލް އަދި ޑަބްލިޔުޑީސީ އާވެސް ބައްދަލުކޮށްފައެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.