446
0

“އަނަދު ކަޕް 2022” މިއަދު ހަވީރު ފަށަނީ

446
0

ރ. ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އިސްމާއީލް އަހުމަދު އިންތިޒާމް ކޮށްގެން ބާއްވާ “އަނަދު ކަޕް 2022” މިއަދު ހަވީރު ފަށާނެއެވެ. މިމުބާރާތް ޝަރަފްވެރި ކޮށްދެއްވާނީ ދިވެހީންގެ ފަހުރު އަލީ އަޝްފާޤްއެވެ.

ދުވާފަރު ދާއިރާއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި 8 ޓީމް ވާދަކުރެއެވެ. އެއީ ގްރޫޕް އޭ ގައި ޑާރކް ޕާރކް، އުފުރާ ޔުނައިޓެޑް، ދަ ސިޓީ އަދި ޓީމް އައި. ޖީ އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ސިލްވަރ ޔުނައިޓެޑް، ބީޓްލްސް، ވޮރީސް އަދި ކްލަބް އިލެވެން އެޓޭޭކާރސްއެވެ.

މުބާރާތް ހުޅުވާ މެޗްގައި މިއަދު ހަވީރު ބައްދަލުކުރާނީ ޑާރކް ޕާރކް އަދި އުފުރާ ޔުނައިޓެޑްއެވެ.

ޗެމްޕިއަން ޓީމަށް ތިރީސް ތިންހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާ މި މުބާރާތަކީ ދުވާފަރުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ.

ދުވާފަރު ދަންޑަހެލު ސްޓޭޑިއަމްގައިމިއަދު ހަވީރު ފަށާ މިމެޗް އުނގޫފާރު ޑޮޓްކޮމް އިން ލައިވް ކުރާނެއެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.