655
0

ވިކްޓްރީ ސްޕޯރޓްސް ކްލަބާއި އުނގޫފާރު އެފްސީ ބައްދަލުކުރަނީ

655
0

ދިވެހި ޕްރިމިއަރ ލީގް ކޮލިފިކޭޝަންގައި ވާދަކުރުމަށް ތައްޔާރު ވަމުންދާ އުނގޫފާރު ފުޓްބޯޅަ ކްލަބާއި ދެވަނަ ޑިވިޝަންގައި ވާދަކުރުމަށް ތައްޔާރު ވަމުންދާ ވިކްޓްރީ ސްޕޯރޓްސް ކުލަބް އެކުވެރި ކަމުގެ މެޗެއް ކުޅޭގޮތައް ހަމަޖެހިއްޖެއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ޔޫއެފްސީގެ ކޯޗް ބުނުއްވީ މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ 19 ޖޫން، އަންނަ އާދީއްތަ ދުވަހު ޅ.ހިންނަވަރުގައި ކަމަށެވެ.

އެފް.އޭ.އެމްގެ ސަސްޕެންޝަންގެ ސަބަބުބް ދިވެހިލީގުން ބޭރުވެފައިވާ ދިވެހި ފުޓްބޯޅައިގެ ގަދަބާރު ވިކްޓަރީން ދަނީ ސަސްޕެންޝަނަށްފަހު އެޓީމް ދެވަނަ ޑިވިޝަންގައި ވާދަކުރުމަށްޓަކައި ހިންނަވަރުގައި ކޭމްޕްކޮށް ޓްރެއިނިންގ ހަދަމުންނެވެ.

މިއީ އުނގޫފާރު އެފްސީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަން ނުވަތަ އެންމެ މަތީފަންތީގައި ވާދަކޮށްފައިވާ ޓީމަކާއި ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.