109
0

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިތާނީ ކޭމްޕްގައި ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި

109
0

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހިތާނީ ކޭމްޕް ގައި ބައިވެރި ކުރުމުގެ ފުރުސަތު އެހޮސްޕިޓަލުން ހުޅުވާލައިފިއެވެ.

ހޮސްޕިޓަލުން ހާމަ ކޮށްފައިވާ ގޮތުގައި މި ކޭމްޕް ބޭއްވުމަށް ވަނީ ހަމަޖެހިފައި ވަނީ އަންނަ ޖުލައި 3 ން 19 އަށެވެ. ކޭމްޕް ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ކޭމްޕްގައި ކުދިން ހިތާނުކުރުން ކުރިއަށްދާނީ ޖުލައި 5، 7، 17 އަދި 19 މި 4 ދުވަހުއެވެ. އެޕޮއިންޓްމަންޓް ހެދުމަށް ހޮސްޕިޓަލްގެ 6580100 ނަމްބަރާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ހޮސްޕިޓަލުން އެދިލައްވައެވެ.

ކޮންމެ އަހަރެއްގެ ސްކޫލް ބޮޑު ޗުއްޓީ އާއި ގުޅުވައިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ހިތާނީ ކޭމްޕް ބާއްވަމުންނެވެ. ކޭމްޕްގައި ބައިވެރިވެ ހިތާނުކުރާ ކުދިންނަށް އެހޮސްޕިޓަލުގެ ފަރާތުން ތަފާތު ހަދިޔާވެސް ދީފައިވެއެވެ..

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.