151
0

ބޮޑުފޮޅުދޫގެ އެންމެ ހިންގުންތެރި ކުލަބުގެ ފަހްރުވެރި ”ހަވިންތަ” އެވޯރޑް އާރުބީޖީ ސްޕޯރޓްސް ކުލަބަށް.

151
0

އއ.ބޮޑުފޮޅުދޫ ކައުންސިލްއިން އެރަށުގައި އުފެދިފައިވާ ކުލަބުޖަމިއްޔާތަކުގެ ހިންގުން ހަރަދަނާކުރުމުގެ މަޤްސަދުގައާއި، ކުލަބުޖަމިއްޔާތަށް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި 2021 ވަނަ އަހަރުން ފެށިގެން އެރަށުގައި އުފެދިފައިވާ ކުލަބު ޖަމިއްޔާތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކުލަބަށް ދިނުމަށް އިއުލާން ކުރި އެވޯރޑް އެރަށު އާރުބީޖީ ސްޕޯރޓްސް ކުލަބަށް ލިބިއްޖެއެވެ.

މި އެވޯޑަށް ކުރިމަތި ލުމުގެ ފުރަސަތު ހުޅުވާލާއި ކައުންސިލްއިން އާންމުކުރި އުސޫލާއި އެއްގޮތަށް ލިޔެކިއުން ހުށައަޅާފައިވަނީ އެރަށު މަދަނީ ޖަމިއްޔާ އަކާއި ކުޅިވަރު ކުލަބެއްކަމަށްވާ، ރަށާއި އަތޮޅުގައިވެސް ފާހަގަކޮށްލެވޭ ހަރަކާތްތަކެށް ހިންގާ މުޅިރާއްޖޭގެ މަޤްބޫލްކަން ހޯދަމުން އަންނަ އާރުބީޖީ ސްޕޯރޓްސް ކުލަބް އެކަންޏެވެ. އެގޮތުން ޖޫން މަހުގެ 23 ވަނަ ދުވަހުގެ ރޭ ބޮޑުފޮޅުދޫ ކައުންސިލްއިން އެރަށު ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ”2021 ވަނަ އަހަރު ބޮޑުފޮޅުދޫގެ އެންމެ ހިންގުނތެރި ކުލަބްޖަމިއްޔާގެ އެވޯރޑް ”ހަވިންތަ” އެވޯރޑް ވަނީ އާރުބީޖީ ސްޕޯރޓްސް ކުލަބާއި ހަވާލުކޮށްފައެވެ. އެރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ޑަބްލިއުޑީސީގެ މެމްބަރުންގެ އިތުރުން ކުލަބުޖަމިއްޔާތަކުގެ ހިންގާކޮމިޓީގެ މެމްބަރުންގެ އިތުރުން އާންމުމެމްބަރުންނާއި ބައެއް އާންމުރަށްޔިތުން ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

މިރަސްމިއްޔާތުގައި ކައުންސިލްއިންވަނީ 3 ދާއިރާއަކުންވެސް ހާއްސަ އެވޯރޑްތަކެއް ތައާރަފްކޮށް އެދާއިރާތަކުން އެވޯރޑް ހާސިލް ކުރި ކުލަބްޖަމިއްޔާތަކަށްވެސް އެވޯރޑް ހަވާލުކުރައްވާފައެވެ. އެގޮތުން 2021 ވަނަ އަހަރު ”ޝިއްހީ ދާއިރާއިން އެންމެ މަތީ ދަރަޖައިގެ’ އެވޯރޑް ލިބިފައިވަނީ އާރުބީޖީ ސްޕޯރޓްސް ކުލަބަށެވެ. މި އެވޯރޑް އާރުބީޖީ ސްޕޯރޓްސް ކުލަބާއި ހަވާލު ކޮށްދެއްވީ ބޮޑުފޮޅުދޫ ކައުންސިލް މެމްބަރ އާއިޝަތު ޒީލިޔާއެވެ. އަދި އާރުބީޖީގެ ފަރާތުން އެވޯޑާއި ހަވާލުވީ އެކުލަބުގެ ރައީސް އިބްރާހިމް ނަސީމްއެވެ.

2021 ވަނަ އަހަރު ”އިޖުތިމާއީ ދާއިރާއިން އެންމެ މަތީދަރަޖައިގެ އެވޯރޑް” ވެސް ލިބިފައިވަނީ އާރުބީޖީ ސްޕޯރޓްސް ކުލަބަށެވެ. މި އެވޯރޑާއި އެކުލަބުގެ ރައީސް އިބްރާހިމް ނަސީމް ހަވާލުވިއިރު އެވޯރޑް ހަވާލުކޮށްދެއްވީ ކައުންސިލް މެމްބަރ އައިޝަތު އަލީއެވެ. ކައުންސިލްއިން 2021 ވަނަ އަހަރު ހޮވާ އެންމެ ހިންގުންތެރި ކުލަބުޖަމިއްޔާގެ ފަހްރުވެރި އެވޯރޑް ”ހަވިންތަ” އާއި އެންމެ ހިންގުންތެރިކުލަބަށް ދެވޭ 10000 (ދިހަ ހާސްރުފިޔާގެ) ފައިސާގެ އިނާމް ވެސް ލިބިފައިވަނީ އާރުބީޖީ ސްޕޯރޓްސް ކުލަބަށެވެ. މި އެވޯރޑާއި ފައިސާގެ އިނާމް އާރުބީޖީ އާއި ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޝުޖާއު އާދަމް އާއި ނައިބްރައީސް އަބްދުﷲ ރިފާޒްގެ އިތުރުން ކައުންސިލް މެމްބަރ މުހައްމަދު ނާޝިދުއެވެ. އާރުބީޖީގެ ފަރާތުން އެވޯރޑާއި ހަވާލުވީ އެކުލަބުގެ ހިންގާކޮމިޓީގެ މެމްބަރުންނާއި އެކުލަބުގެ ޓީމްތަކުގެ ހެޑްކޯޗާއި އަދި އެސިސްޓެންކޯޗެވެ.

މި އެވޯޑަށްފަހު އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މި އެވޯރޑް ލިބުނުކަމަށްޓަކައި ﷲ އަށް ހަމްދުކުރާކަމަށާއި، ކުލަބުގެ ހިންގާކޮމިޓީއަށާއި، މެމްބަރުންނަށް މަރުހަބާއާއި ޝުކުރު އަދާކުރާކަމަށެވެ. ނަސީމްގެ ވާހަކައިގައި 2021 ވަނަ އަހަރު ކުލަބުންފެށީ އަހަރީ ޕްލޭން އެކުލަވާލާ އެކްޓިވިޓީ ކަލްނަޑަރަކާއިއެކު ކުލަބުގެ މަޤްސަދު ހާސިލްކުރުމަށް ކަމަށާއި، ކުލަބުގައި މެމްބަރުންތަކެށް ތިބީތީ އެމެމްބަރުންނަށް ކުޅިވަރުން ހާއްސަ ފުރަސަތުތަކެއް ހޯދައިދީ، އިޖުތިމާއީ ގޮތުން ނާއި އެހެނިހެން ގޮތްގޮތުން މުޅި ރަށަށް ފައިދާކުރާނެ ކަންކަން ލިބުނު މިންވަރަކުން ކުރެވޭތޯ ފާހަގަކުރައްވާފައިވެއެވެ. ނަސީމް ވިދާޅުވީ ކައުންސިލްއިން އެންމެ ހިންގުންތެރި ކުލަބްޖަމިއްޔާގެ އެވޯރޑް ތައާރަފްކޮށް އިޢުލާން ކުރެވުނު ދުވަހުން ފެށިގެންކުލަބަކަށް އެންމެ ފުރަތަމަ މި އެވޯރޑް ހިތްލާލެވޭނީ އާރުބީޖީ ސްޕޯރޓްސް ކުލަބުކަމުގައި ހެދުމަށް ވަރުގަދަ އަޒުމެއްކަނޑައަޅާ ހާއްސަކޮށް އަޅުގަނޑާއި މިކުލަބުގެ ހިންގާސެކެރެޓަރީ މުސްތަފާ އަހުމަދު އާއި ވަރަށް ބުރަކޮށް މަސައްކަތް ކުރިންކަމަށާއި އެބޭފުޅުންގެ ފަހަތުންހިންގާކޮމިޓީގެ މެމްބަރުންދިން ސަޕޯރޓާއި އެކު އާންމު މެމްބަރުންގެ ބުރަމަސައްކަތުން މި ފަހުރުވެރި އެވޯރޑް ކާމިޔާބުކޮށް ފައިވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ އެބޭފުޅާގެ މިރޭގެ އެންމެ އިސްވާޖިބެއްކަމުގައި ދެކެނީ، މިރޭ މި ސްޓޭޖުން އެކިއެކި ދަރަޖަތަށް ހާސިލްކޮށް އެވޯރޑްތަށް ހާސިލްކުރި ކުލަބުޖަމިއްޔާތަކަށް މަރުހަބާ ދެންނެވުން ކަމަށާއި، އެގޮތުން އާރުބީޖީ ސްޕޯރޓްސް ކުލަބަށާއި، އާރު އެސޯސިއޭސަންއަށް ކައުންސިލްގެ ނަމުގައި މަރުހަބާ ދަންނަވާފައިވެއެވެ. އަދި ކައުންސިލް ރައީސް ވިދާޅުވީ ހާއްސަ ގޮތެއްގައި އާރުބީޖީ ސްޕޯރޓްސް ކުލަބުން މިރޭ ހާސިލްކުރި ޝަރަފްވެރި އެވޯރޑަކީ މިރަށުގެ 2019 ވަނަ އަހަރުގެ އެންމެ ހިންގުންތެރި ކުލަބުޖަމިއްޔާއެއްގެ ނަމުގައި ކަނޑައެޅިގެންދިޔަ ހާއްސަ އެވޯޑެއްކަމަށެވެ. އެކަމަށް ޓަކައި އާރުބީޖީގެ ހިންގާކޮމިޓިއަށާއި އާންމުމެމްބަރުންނަށް މަރުހަބާދަންނަވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ ކައުންސިލްއިން މިފަދަ އެވޯޑެއް ތައާރަފްކޮށް، މިފަދަ ރަސްމިއްޔާތެއްބާއް ބޭއްވުމުގެ މަގްސަދަކީ ކުލަބްޖަމިއްޔާތަށް ހަރަކާތްތެރި ކުރުވުންކަމަށެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.