144
0

ގޭންގް – 5 ވަނަ ބައި

144
0

28 ޖޫން އާއި ގުޅޭ

ޑްރީމް ލޭންޑްގައި ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތެއް ބޭއްމުވުގެ ހަބަރުތަކެވެ. އޭގެތެރޭގައި އަހުސަންގެ ދާއިރާއަށް ހުރި ކަންކަމެވެ. އަހުސަން އެންމެ ޤަޔާވާ ގޭމްފިޝިން އެވެ.

އަހުސަން ވަގުތުން މާކިން އަށް ގުޅިއެވެ. މާކިންއަކީ އަހުސަނުގެ ވަރަތް ގާތް ރައްޓެއްސެކެވެ. ހަފްތާބަންދު އަދި ޗުއްޓީތަކުގައި އަހުސަންއަށް ވަރަށް ގިނައިން މާކިން އާއެކު މަހަށް ދާންޖެހެއެވެ. މާކިންގެ އެދުމުގެ މަތިން ބައެއްފަހަރު ޗުއްޓީ ނަގައިގެންވެސް މާކިން އާއެކު މަހަށް ދިއުމަށް ރަށުގައި އަހުސަން މަޑުކުރެއެވެ.

ފުރަތަމަ ރިންގާއެކު މާކިން ފޯނުނެގިއެވެ. މާކިން ފޯނުނެގުމާއެކު އަހުސަން އޭނަގެ ވާހަކަ ފައްޗަކަށް އަމުނާލިއެވެ.

“ގޭމް ފިޝިންގ މިއީ ސީދާ މާކިން، ކަލޭ އަޑީގަ ހުރެގެން ހިމެނި ކުޅިވަރެއްދޯ. ކަލެއަށް ބައިވެރި ނުވެވޭނެ ކުޅިވަރެއް ކަލޭ ނުރާވާނެ. މަސްވެރިކަމަށް ކަލޭ ދެވިހިފާފަ ހުންނަ ވަރު މަށަށްދޯ އިނގޭނީ” އަހުސަން ބުންޏެވެ.

“މަޑުކޮށްބަލަ އަހުސަން. އެއީ މަގޭ ކަމެއް ނޫނޭ. އެއީ ޒިލާލްގެ ކަމެއް” މާކިން ބުންޏެވެ. އެކަމަކު ހަޤީޤަތަކީ އެއީ ޝެޑިއުލްގައި އޮތްކަމެކެވެ. ނަމަވެސް މާކިން ބޭނުންވަނީ އެއީ ސީދާ ޒިލާލްގެ ދުރުވިސްނުމާއި މަސްވެރިންނަށް އޮތް ލޯއްބެއްގެ ސަބަބުން ހިމެނި ކުޅިވަރެއްކަމަށް ދައްކާށެވެ.

އަހުސަން އަށް އެގޮތަށް ވިސްނައި ދެވިއްޖެނަމަ އަހުސަން މުޅި އެތި އެގޮތަށް މަސްވެރިންގެ މެދުގައި ޕްރޮމޯޓް ކުރާނެ ގޮތް މާކިންއަށް ވަރަށް ރަނގަޅަށް އިގެއެވެ.

ކަންތައްވީވެސް އެހެންނެވެ. މީސްމީޑިއާއަށް ފަރިތަ އަހުސަން އަކީ ޑްރީމް ލޭންޑްގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅު ތަކުގައިވެސް މީހުންގެ މެދުގައި މަޤުބޫލް ޒުވާން މަސްވެރިއެކެވެ. އަހުސަން އެހަބަރު މާކިން ބޭނުންވި ގޮތައް މަސްވެރިންގެ މެދުގައި ވައިރަލް ކޮށްލިއެވެ. ޑްރީމް ލޭންޑްގެ މަސްވެރިންގެ ވައިބަރ ވަޓްސްއަޕް އަދި ޓެލެގްރާމް ފަދަ ޕްލެޓްފޯމް ތަކުގައި އެވާހަކަ ދެއްކިއެވެ.

މަސްވެރިންގެ މުހިއްމުކަން “ގޭމްސް އޮފް ހެޕިނަސް – ރޯޑް ޓް ޑްރީމް ލޭންޑް” އަށް ގެނެސްދިނީތީ އުފާކުރާ ކަމަށާއި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި މަސްވެރިންނަށް ލިބިގެންދިޔަ އަގުނުކުރެވޭނެ ފުރުސަތެއް ކަމަށް ބުނެ ކުރި އެތަކެއް ޕޯސްޓެއްގައި ޒިލާލް އަށް ޝުކުރު އަދާކޮށް ފައިވެއެވެ.

މައުރިބް ނަމާދުކޮށްނިމިގެން ގެއަށް ނުގޮސް ޒައިލަމް މިސްކިތުގެ ބޭރުގައި ހުރި ގޮނޑިއެއްގައި އިށީއިނދެލީ ޖެހެމުންދާ ރޯޅި ނަލަކަމުން ފިނިކޮށްލާށެވެ. އިށީއިނދެ ފޯނު ހުޅުވާލީ ޤުރުއާން ކިޔަވާލުމުގެ ބޭނުމުގައެވެ. ފޯނު ހުޅުވާލުމާއެކު ފުރަތަމަ ވެސް ފެނުނީ އަހުސަންގެ ނޯޓިފިކޭޝަން އެކެވެ.

“ގޭމްސް އޮފް ހެޕިނަސް – ރޯޑް ޓް ޑްރީމް ލޭންޑް” ގެ ވާހަކަ ޒައިލަމް އަށް ޓެގް ކޮށް ކޮށްފައިވާ ފޭސްބްކް ޕޯސްޓެކެވެ.

“މީ އިމާމުންނާއި މަސްވެރިންގެ ވެސް ފަހަރެއް. މަސްވެރިންނަކީ ޤައުމުގެ ލޭނާރުގެ ދިރުން. ގޭމް ފިޝިންގ-ޕާޓް އޮފް މައި ލައިފް. ތޭކްސް މެނޭޖްމަންޓް އެންޑް ޒިލާލް” އަހުސަނު ކޮށްފައިވާ ޕޯސްޓްގައި ލިޔެފައިވަނީ މިހެންނެވެ.

ޒައިލަމް ވެސް އެޕޯސްޓް ޝެއަރ ކޮށްލުމަށްފަހު ޤުރުއާން ކިޔަވަން މަޑުކޮށްލީއެވެ.

ދަރިފުޅު ނިންދެވުމަށްފަހު ލަމްހާ ނިކުތީ ސިޓިންގރޫމަށެވެ. އެއިރު ނަވީން އިނީ ފޯނެއްގައެވެ. ނަވީން އަކީ ލަމްހާގެ ފިރިމީހާއެވެ. ޑްރީމް ލޭންޑްގެ އެއްމެ ކާމިޔާބު އެއް ކްލަބްގެ ކުޅުންތެރިއެކެވެ. ޓީމްގެ ކެޕްޓަންގެ އިތުރުން ޑްރީމް ލޭންޑް ފުޓްބޯޅަ ލީގުގެ އެއްމެ މޮޅު ކުޅުންތެރިޔާ ކަމަށް އެއްމެން އިއްތިފާގުވާ ހުނަރުވެރި މޮޅު ފޯވާޑެވެ.

ފޯންކޯލް ނިންމާލުމަށްފަހު ނަވީން އައިސް ސޯފާގައި ލަމްހާ ގާތު އިށީއިނެވެ.

“އަހަރެން ހަމަ ހައިރާން ވެއްޖެ. މިތިބަ މީހުންނަކަށް ވެފަ މިތިބަ ގޮތަކުން” ހިތްހަމަ ނުޖެހި އިނދެ ނަވީން ވާހަކަ ދެއްކިއެވެ.

ނަވީން އަބަދުވެސް ޑްރީމްލޭނޑްގެ ކުޅިވަރު ހާއްސަކޮށް ފުޓްބޯޅަ އާއިމެދު އޮންނަ ކަންބޮޑުވުމުގެ ވާހަކަ އިން ވާހަކަ ފެށިއެވެ.

ލީގް މެނޭޖު ކުރުމުގައި ވަކި ޓީމްތަކަކަށް ފައިދާވާގޮތައް ކުރާ ކަންކަމުގެ ވާހަކައެވެ. ޒިލާލް ގެ ސިޔާސަތު ތަކަށް ފާޅުގައި ތާއީދުކޮށް ވާހަކަ ނުދައްކާތީ ސިސްޓަމްގެ ތެރެއިން ނަވީން އަށާއި ނަވީންގެ ޓީމަށް ކުރިމަތިވާ އުނދަގޫތަކާއި ކުރިމަތި ކުރަމުންދާ ގޮންޖެހުންތަކުގެ ވާހަކަ އެވެ.

މައްސަލަ އުފެދުނީ ޒިލާލް ސީދާ ނަވީން އާއި ބައްދަލުކޮށް ދެއްކި ވާހަކަ ތަކަށާއި ވަކިޓީމަށް ކުޅެދިނުމަށް ކުރި ރިކްއެސްޓަށް ނަވީން ދެކޮޅު ހެދުމުންނެވެ. އެހިސާބުން ފެށިގެން ލީގުގައި ނަވީންގެ ޓީމަށް ކުރިމަތިވަމުންދާ އެކިކަހަލަ މައްސަލަތައް ދުވަހުން ދުވަހުން އަންނަނީ އިތުރުވަމުންނެވެ.

ޓީމަށް ދިމާވަމުންދާ ހަޤީޤީ މައްސަލަ އިނގޭނީ ނަވީން އާއި ޒިލާލް އާއި ދެމީހުންނަށެވެ. ޒިލާލް ނަވީން ގާތު އެވާހަކަތައް ދެއްކީ ޒިލާލްގެ ޕްލޭނަށް ނަވީން އާބަސް ބުނާނެ ކަމުގެ ވަރަށްބޮޑު ޔަގީން ކަމާއެކުގައެވެ.

ނަމަވެސް ޒިލާލްގެ ހަޤީޤީ ސިފަ އެދުވަހު ނަވީން އަށް އެނގުމުން ނަވީން އެކަމަށް ނޫނެކޭ ބުނީއެވެ.

ނުނިމޭ

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.