165
0

އުނގޫފާރު އެފްސީ އަށް އުޒުބެކިސްތާނުގެ ކުޅުންތެރިއެއް ގެނެސްފި

165
0

މި އޮގަސްޓް 24 ގައި ފެށުމަށް ހަމަޖެހިފައިވާ “އެމްޓީސީސީ ނޯތު ލީގް 2022” ގައި ވާދަކުރާ އުނގޫފާރު އެފްސީ އަށް އުޒުބަކިސްތާނުގެ މިޑްފީލްޑަރެއް ގެނެސްފިއެވެ.

އުމުރުން 29 އަހަރުގެ އުޒުބަކިސްތާނުގެ އަހްރޮރް އަކީ ކުރިން ދިވެހި ޕްރިމިއަރ ލީގްގައި ކްލަބް އީގަލްސް އަށްވެސް ކުޅެފައިވާ ކުޅުންތެރިއެވެ. އަހްރޮރް އުނގޫފާރު އެފްސީގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށާނީ ހޯމަދުވަހު ހަވީރުން ފެށިގެންނެވެ.

ރ އަލިފުށީގައި ކުރިއަށްދާ މިމުބާރާތުގެ އުނގޫފާރު އެފްސީގެ ފުރަތަމަ މެޗުގައި އޮގަސްޓް 26 ވާ ހުކުރު ދުވަހު ނިކުންނާނީ ދުވާފަރު އެފްސީ އާއި ދެކޮޅަށެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.