365
0

ކީޕަރު ޓްރޭނަރ އަސްލަމްގެ އެހީތެރިކަން ޔޫއެފްސީއަށް

365
0

ޤައުމީޓީމާއި އަދި ބައެއް ކުލަބު ތަކުގެ ކީޕަރުން ޓްރެއިންކުރުމުގައި މަސައްކަތްކުރާ ޓްރެއިނަރ އަސްލަމް މިއަދު އުނގޫފާރަށް އައިސްފިއެވެ. އަސްލަމް މިއަދު މެންދުރުފަހު އުނގޫފާރަށް އައުމުން އުނގޫފާރު ބަނދަރުން މަރުހަބާ ކިޔާފައިވަނީ އުނގޫފާރު ފުޓްބޯޅަ ޓީމްގެ މެނޭޖްމަންޓާއި ކުޅުންތެރިނެވެ.

މިއަދު ހަވީރު އޮންނަ ޔޫއެފްސީގެ ފަރިތަކުރުންތަކުގައި އަސްލަމް ބައިވެރިވާއިރު އަސްލަމް އާއި ގުޅޭގޮތުން ޔޫއެފްސީން އިތުރު މައުލޫމާތެއް ހާމަ ކޮށްފައެއްނުވެއެވެ.

އަސްލަމް އަދި ކޯޗް މޯހަން އެކުގައި

އެމްޓީސީސީ ނޯތުލީގް ގްރޫޕް ޑީގައި ވާދަކުރާ އުނގޫފާރު އެފްސީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިހާރުވަނީ އުޒްބަކިސްތާނުގެ މިޑްފީލްޑަރެއް ގެނެސްފައެވެ. މީގެ އިތުރުން އިތުރު ދިވެހި ފޯވަޑެއްވެސް މިހާރު ދަނީ ޓީމުގެ ފަރިތަ ކުރުން ތަކުގައި ބައިވެރި ވަމުންނެވެ. އަދި މާދަމާ އިތުރު ދިވެހި ކުޅުންތެރިއަކު ޓީމާއި ގުޅޭނެއެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.