275
0

އުނގޫފާރު ބިން ހިއްކުން ޖޫން 2023 ގައި

275
0

އުނގޫފާރުގެ ބިންހިއްކުމާއި ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ތާވަލް ކުރެވިފައި ވަނީ 2023 ވަނަ އަހަރުގެ ޖޫންގައި ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހައުސިން މިނިސްޓަރާއި މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ވަޒީރުންނާއި ސުވާލުކުރުމަށް ކަނޑައެޅިފައިވާ ވަގުތުގައި މެންބަރު ވަހީދު ކުރެއްވި ސުވާލުގައި ވަނީ “ރ. އުނގޫފާރު ބިން ހިއްކުމަކީ ރައީސުލްޖުމުހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދެކެވެ. އަދި މިދިޔަ 2 އަހަރުގެ ބަޖެޓުގައި ހިމެނި، އެމް.ޓީ.ސީ.ސީއާ ކޮންޓްރެކްޓުވެސް ކުރެވިފައިވާ ކަމެކެވެ. މާފަހުން ކޮންޓްރެކްޓް ކުރެވުނު މަޝްރޫއުތައް ފަށާއިރު އުނގޫފާރުގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް ލަސްވަނީ ކީއްވެގެންތޯ” އެވެ.

ޖަވާބުގައި މިނިސްޓަރ ވިދާޅުވީ އުނގޫފާރު ބިން ހިއްކުމަށް ޝެޑިއުލް ކުރެވިފައި ވަނީ ޖޫން 2023 ގައި ކަމަށާއި އެމް.ޓި.ސީ ސީން ގެންގުޅޭ 4 ޑްރެޖަރުގެ ތެރެއިން އުނގޫފާރު ހިއްކުމަށް ހަމަޖެހިފައި ވަނީ ހޮޕަރ ޑްރެޖަރ އިން ކަމަށާއި އެ ޑްރެޖަރުގެ ޝެޑިއުލްގައި އުނގޫފާރާއެކު 7 ރަށެއްގެ ބިން ހިއްކުމަށް ހިމެނިފައި އެބައޮތްކަމަށެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.