167
0

މެންޓަލް ހެލްތު އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވާން ފަށައިފި

167
0

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެންޓަލް ހެލްތު އިމާރާތުގެ މަސައްކަތް ފެށުމަށްވާންޖެހޭ ތައްޔާރީތައް އިއްޔެ ފަށައިފިއެވެ. އުނގޫފާރު ސައުސަން ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަސައްކަތުގައި އެކުންފުނިން މިހާރު ކުރަކުންދާ މަސައްކަތަކީ ސައިޓް ސާފުކުރުމުގެ މަސައްކަތެވެ. ސައިޓް ސާފުކުރުމުގެ ގޮތުން އެކުންފުނިން އިއްޔެއިން ފެށިގެން ކުރަމުންދަނީ އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައިވާ ޕާކިންޒޯން ނެގުމުގެ މަސައްކަތެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ޔުނިޓެއްގެ ހިދުމަތް ފެށުމަށް ބޭނުންވާ އިމާރާތް ބިނާކުރުމުގެ އެއްބަސްވުމުގައި ސައުސަން ކޮންސްޓަރަކްޝަން އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 25 ޑިސެމްބަރ 2022 ވަނަ ދުވަހެވެ. 119 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މިޕްރޮޖެކްޓަކީ ހަތަރު މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މެންޓަލް ހެލްތު ޔުނިޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ އެހޮސްޕިޓަލްގެ އޮފީސް ބައި ހުންނަ އިމާރާތުގެ އުތުރުން ޕާކިން ޒޯން އެއްގެ ގޮތުން ބޭނުން ކުރަމުންއައި ސަރަހައްދުން ފެށިގެން އިރުމައްޗަށް ވާގޮތަށްއޮތް ހުސްބިމުގައެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *