71
0

ޑިސަބިލިޓީޑޭގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސް މާދަމާ އަލިފުއްޓަށް ވަޑައިގަންނަވަނީ

71
0

މާދަމާ އަލިފުށީގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ވޯލްޑް ޑިސަބިލިޓީ ޑޭ ގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ އަލިފުއްޓަށް ވަޑައިގަންނަވާނެއެވެ. ރައީސް އަލިފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.

ޑިސަބިލިޓީ ޑޭ ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ގެ ފަރާތުން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ރޭ 20:30 ގައެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަލިފުށީ ސްކޫލްގައި އިމާރާތްކުރި މަލްޓިޕާޕަސް ހޯލްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިހޯލު ރަސްމީކޮށް ހުޅުވުންވެސް މިހަރަކާތުގެ ތެރޭގައި ކުރިއަށްދާނެއެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *