262
0

އުނގޫފާރުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ގެނެވޭ ފުރަތަމަ އިޞްލާޙް

262
0

ރ. އުނގޫފާރުން ބަންޑާރަ ގޯތި ދޫކުރުމަށް އުނގޫފާރު ކައުންސިލުން ކަނޑައަޅާފައިވާ އުސޫލަށް އިސްލާހެއް އެކައުންސިލުން ގެނެސްފިއެވެ.

އުނގޫފާރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އިސްލާހު ގެނެސްފައިވަނީ އެއުސޫލުގެ 7.7 ގެ ތިރިއަށް 7.8 އިތުރުކޮށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ބަހައިގެން ބިމުން ލިބިފައިވާ ބައިން ޕޮއިންޓް އުނިކުރުމާއި ގުޅޭގޮތުންނެވެ.

އެގޮތުން 7.8 ގައި ބުނެފައިވަނީ ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ބަހައިގެން ބިމުން ލިބިފައިވާ ބައި 600 އަކަފޫޓަށްވުރެ އިތުރުވާ ކޮންމެ އަކަފޫޓަކަށް 0.005 އުނިކުރުމަށެވެ. 7.8.1 ގައި ބުނެފައިވަނީ ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ބަހައިގެން ބިމުން ލިބިފައިވާ ބައި 600 އަކަފޫޓައްވުރެ ބޮޑު 1200 އަކަފޫޓަށްވުރެ ކުޑަނަމަ އަކަފޫޓަކަށް 0.010 އަދި 7.8.2 ގައި ބުނެފައިވަނީ ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ބަހައިގެން ބިމުން ލިބިފައިވާ ބައި 1200 އަކަފޫޓަށްވުރެ ބޮޑުނަމަ އަކަފޫޓަކަށް 0.015 ޕޮއިންޓް އުނިކުރާ ގޮތަށެވެ.

މިއީ އުނގޫފާރު ކައުންސިލުން ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލައި އާންމުކޮށްފައިވާ އުސޫލަށް އިސްލާހެއް ގެނައި ފުރަތަމަ ފަހަރެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *