1569
0

“ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023” ގައި އުނގޫފާރުން ބައިވެރި ވުމަށް ކައުންސިލުން ނިންމައިފި

1569
0

އަންނަ މަހު 15 ގައި ފެށުމަށް ހަމަޖެހިފައިވާ “ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023” ގައި އުނގޫފާރުން ޓީމެއް ބައިވެރި ކުރުމަށް އުނގޫފާރު ކައުންސިލުން ނިންމައިފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ކައުންސިލް މެމްބަރ މުހައްމަދު މުނީޒް މޫސާ (މުންނި) ވިދާޅުވީ ކުރިއަށް އޮތް އަތޮޅު ފުޓްސަލް މުބާރާތުގައި އުނގޫފާރު ޓީމް ބައިވެރިވުމަށް މިއަދު ކައުންސިލުން ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ އުނގޫފާރު ޒުވާނުންގެ ތެރެއިން މިކަމަށް ޝައުޤުވެރިކަން ފާޅުކޮށް އެދިފައިވާތީ ކަމަށާއި އަދި އަރަމުން އަންނަ ޒުވާން ޖީލަށް މިފަދަ ކަންކަމުގައި ބައިވެރިވެ ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. ވީމާ މިފަހަރު މުބާރާތުގައި އުނގޫފާރު ޓީމުން ފެނިގެންދާނީ ސީނިއަރ ބައެއް ކުޅުންތެރިންނާއެކު ވަރަށް ޒުވާން ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށެވެ.

މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މިއަދަށް ހަމަވާއިރު އަދި މިއަހަރުގެ މުބާރާތް ބާއްވާނެ ރަށެއް ފައިނަލް ކޮށްފައެއް ނުވެއެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *