441
0

ގޭންގް – 3 ވަނަ ބައި

441
0

ތިންވަނަބައި

6 ޖޫން އާއި ގުޅޭ

ތެޅެމުން ފޮޅެމުން އޮފީހަށް ވަދެ ކާޑް ޖެއްސިއިރު ގަޑިޖެހެން އަދި ދެމިނެޓް ބާކީ އެބައޮތެވެ. ކެބިންއާއި ދިމާއަށް ހިނގައިގަތް އިރު ފަހަތުން މީހަކު އަންނަހެން ސާރާއަށް ހީވިއެވެ. ސާރާއަށް ހީވީ ހަމަ ރަގަނޅަށެވެ. ފަހަތުގައި ހުރީ ބޮސްއެވެ. ބޮސްފެންނަ ކޮންމެ ފަހަރަކު ބައްދަލުވާ ކޮންމެ ފަހަރަކު ސާރާއަށް ވެގެންދާގޮތް ކުރެވޭ އިހްސާސް ތައް ހުދު ސާރާ އަކަށްވެސް ބުނެދޭކަށް ނޭންގެއެވެ. މިއީ މިފަދަ ކޮންމެ ވަގުތެއްގައިވެސް ސާރާގެ ހާލެވެ.

އުދާސްތަކާއި އިހްސާސްތަކަށް ފުރަގަސްދީގެން ފެންނަ ކަންކަން ނުފެންނަ ކަންކަމަށް ހަދައިގެން ހުރެވޭނީ ކިހާ ދުވަހަކު ކަމެއްވެސް ސާރާ އަކަށްވެސް ނޭންގެއެވެ. 

ކެބިންއަށްވަދެ ސާރާ ހަމަޖެހިލެވޭތޯ ބެލިއެވެ. ސާރާގެ ހިތް އަދިވެސް ނެގިނެގިފައި ޖެހެނީއެވެ. އެހެން ނުވާންވީ ސަބަބެއްތެވެ. ހައިކަލް އަކީ ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވާނެ ހުރިހައި ސިފަތަކެއްލިބިފައި ހުރި ޒުވާނެކެވެ. އުމުރުން 27 އަހަރު ވީ އިރުވެސް އަދި މީހަކާއި ނުއިދެއެވެ. ބައިވެރި އަކު ހުރިކަމެއް ނެތް ކަމެއްވެސް ސާރާއަކަށް ނޭންގެއެވެ. ރީތިކާމާއި މާތް އަހުލާޤުގެ އިތުރުން ނެތީ ކޮންއެއްޗެއް ހެއްޔެވެ.

ހައިކަލްގެ ހިޔާލްތަކައް ގެއްލިފައިން ސާރާއަށް ހޭވެރިކަންވީ ފޯން ރިންގްވާން ފެށުމުންނެވެ. އަތްގަނޑު ނަގާ ހަލޯއޭބުނެލުމުން އެކޮޅުން އައި ޖަވާބުން ސާރާ އިތުރަށް ހާސްކޮށްލައިފިއެވެ. ގުޅީ ބޮސްގެ ސެކްރެޓަރީ އެވެ. ހަމަ މިހާރު ބޮސްގެ ކެބިން އަށް އައުމަށް އެންގިއެވެ. ފޯނުބާއްވާފައި ސާރާ ވަނީ ވޮޝްރޫމަށެވެ. ލޯގަނޑު ކުރިމަތީހުރެ އަމިއްލަ ހަށިގަނޑަށް ބަލާލިއެވެ.

ހައިކަލްގެ ކެބިންގެ ބެލްޖަހާލުމާއެކު ސެކްރެޓަރީ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަނުމަށް އެންގިއެވެ. ސެކްރެޓަރީގެ އިރުޝާދަށް ސާރާ ގޮސް ކުޑަ މީޓިން ރޫމަކަށްވަދެ އިށީއިނެވެ. މިއީ މިކެބިންގެ މިހާ އެތެރެއަށް ސާރާ އަށް ވަދެވުނު ފުރަތަމަ ފަހަރެވެ. ސާރާ އަށް ފެނުނީ ހައިބަތު ބޮޑު ކެބިންއެކެވެ. ކަންކަން ތަރުތީބުވެފައި ފުރިހަމަ ކަމެވެ. ސާރާ ހައިރާނެއްނުވެއެވެ. އެކަމަކުވެސް ހީކުރި ވަރަށްވުރެ ކެބިން މާ ފުރިހަމައެވެ. މިއީ ރާއްޖޭގެ އެއްމެ މުއްސަނދި އާއިލާގެ އެއްމެ އިސްވެރިޔާގެ ކެބިންއެވެ.

މާގިނަ އިރެއްނުވެ ހައިކަލް އާއި އިތުރު ސްޓާފުންވެސް އައިސް އިށީނެވެ. ބައްދަލުވުން ފެށީ ހައިކަލްއެވެ. ތައާރަފެއް ދިނުމަށްފަހު ކުރިއަށްގެންދިއައީ ދެންތިބި ސްޓާފުންނެވެ. ޑްރީމް ލޭންޑްގައި ބައިނަލް އަގުވާމީ ކުޅިވަރު މުބާރާތްތަކެއް ބޭއްވުމުގެ ތައްޔާރީ ތަކާބެހޭގޮތުން ވަރަށް ތަފްސީލްކޮށް އެ ސްޓާފުން ފުރިހަމަ ޕްރެސެންޓޭޝަނެއް ހުށައަޅައިދީ ނިންމާލައިފިއެވެ. ސާރާ އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. މިވަރުގެ ބޮޑު ޒިންމާއެއް ސާރާ އާއި ހަވާލުކުރަން ހައިކަލް ނިންމީތީއެވެ. އޮފީހުގައި ސާރާ އަށްވުރެ މާދުވަސްވީ ތަޖްރިބާހުރި ޤާބިލު މުވައްޒަފުން އެބަތިއްބެވެ.

ޕްރެސެންޓޭޝަން އަށްފަހު އަނެއްކާވެސް ހައިކަލް ވާހަކަ ދެއްކިއެވެ. މިފަހަރު ވާހަކަ ދެއްކި ސީދާ ސާރާއާއި އެވެ.

“އަހަރެން ސާރާ އާއި މިމަސައްކަތް މިހަވާލުކުރަނީ ވަރަށް އިތުބާރުކޮށްފަ އަދި މިކަން އަހަރެން ބޭނުންވާ ގޮތަށް އެއްމެ ފުރިހަމަ އަށް ސާރާއަށް ގެންދެވޭނެކަމުގެ ޔަޤީން ކަންއޮތީމަ، މިކަމަށް ނޫނެކޭ ނުބުނާތި”

ސާރާއަށް ބޯޖަހާލުން ފިޔަވައި އިތުރަށް އެއްވެސް އެއްޗޭނުބުނެވުނެވެ. ދޫ ހީވަނީ ތަޅުލެވިފައި ހުރި ހެންނެވެ.

ދެންވެސް ވާހަކަ ދެއްކީ ހައިކަލްއެވެ. “މިކަމާއި ގުޅިގެން ކަމާގުޅޭ އެހެން ފަރާތްތަކާއެކު ބާއްވާ މީޓިން މާދަމާ އޮންނާނެ، މާދަމާގެ މީޓިންގައި ސާރާ އަޅުގަނޑާއެކު ބައިވެރިވާން ޖެހޭނެ، އިތުރު މައުލޫމާތު ފަހުން ދޭނަން”

ހައިކަލްގެ ވާހަކައަށްފަހު ސާރާއަށްވެސް އަދި އެހެން މީހަކަށްވެސް ފުރުސަތެއް ނުދީ މީޓިން ނިންމާލީއެވެ.

ސާރާ އަށް އިރުއިރު ކޮޅާ ބެލެނީ ގަޑިއަށެވެ. ބޭނުންވަނީ ވީ އެންމެ އަވަހަކަށް ގެއަށްދާށެވެ. ގެއަށްގޮސް މަންމަ އާއި ބައްދަލުކުރާށެވެ. މި އުފާވެރި ހަބަރު މަންމަ އާއި ހިއްސާކުރާށެވެ.

ސާރާ! މީހަކު ގޮވާލިއަޑަށް ސާރާ ބަލާލިއެވެ. ކެބިން ދޮރުމަތީ ހުރީ ހައިކަލްގެ ސެކްރެޓަރީ އަލްފާއެވެ.

“މަރުހަބާ ސާރާ! އަޅުގަނޑު މިއައީ މާދަމާގެ މީޓިންގ އާއި ބެހޭ ޑޮކިއުމަންޓްތައް ހިފައިގެން، މިފައިލްގަ ހުންނާނެ ބޭނުންވާނެ ހުރިހައި ޑޮކިއުމަންޓްސް، އިތުރު ކަމެއް ބޭނުންވާނަމަ އަޅުގަނޑާއި ގުޅުއްވާ” އަލްފާ ބުންޏެވެ.

“ލައްބަ” އަދަބުވެރިކަމާއެކު ސާރާ ޖަވާބުދިނެވެ.

ފައިލް ދިނުމަށްފަހު އަލްފާ ނިކުމެގެން ދިޔައީއެވެ. އެކަމަކު ނިކުމެގެން ދަމުން އަލްފާ އެބުނި ޖުމުލަ ސާރާ ގެ ސިކުނޑީގައި ހުރީ ގުގުމާލާފައެވެ.

“ސާރާ ވަރަށް ވިސްނައިގެން އުޅޭތި!” މި އީ އަލްފާ ނިކުންނަމުން ބުނި ޖުމުލައެވެ.

ނުނިމޭ

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *