715
0

“ކުޑަ ސުއިއްޕެއް – ބޮޑު ނުރައްކަލެއް” މި ޝިއާރުގެ ދަށުން އުނގޫފާރުގައި ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމް މިއަދު ހެނދު ފަށައިފި

715
0

‘ކުޑަ ސުއިއްޕެއް – ބޮޑު ނުރައްކަލެއް’ މި ސިއާރުގެ ދަށުން ހަފްތާއަކަށް ބަހައިލައިގެން އުނގޫފާރުގެ ހުރިހާ މުއައްސަސާތަކާއި ކުލަބް ޖަމާއަތްތައް ގުޅިގެން ރަށުގެ ވަށައިގެންވާ ސަރަހައްދު ސާފުކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ޕްރޮގްރާމް މިއަދު ހެނދުނު ފަށައިފިއެވެ.

މަދިރިންނާއި މަދިރީގެ ޒަރިއްޔާއިން ފެތުރިދާނެ ބަލިތަކުން ސަލާމަތްވުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އުނގޫފާރުގައި ހުރި ދައުލަތާއި ސަރުކާރުގެ ހުރިހައި މުވައްސަސާތަކާ ކްލަބް ޖަމިއްޔާ ޖަމާއަތްތައް ބައިވެރިވެއެވެ.

މިއަދު ހެދުނު ފެށި މިޕްރޮގްރާމްގައި އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނާއި އުނގޫފާރު މީރާ ކަލެކްޝަން ސެންޓަރުގެ މުވައްޒަފުން ނިކުމެވަނީ އުނގޫފާރު ފުޓްބޯޅަ ދަނޑުގެ އިރުމަތީ ފަރާތް ސާފުކޮށްފައެވެ.

މިޕްރޮގްރާމަކީ އުނގޫފާރުގައި މަދިރީގެ އުނދަގޫ ބޮޑުވެ އެކަމުގެ ޝަކުވާ އިތުރު ވުމާއި ގުޅިގެން އުނގޫފާރު ކައުންސިލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓް ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *