ދެޖިންސްގެ ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އިން ކުރިއަށް ގެންދާ ޕްރޮގްރާމް ޖޫން މަހު އުނގޫފާރުގައި ބާއްވާގޮތައް ހަމަޖެހިއްޖެއެވެ.
ބޮޑު ޢީދު ކުލަގަދަކޮށް އުނގޫފާރުގައި ފާހަގަ ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްލުމަށް މިއަދުއުނގޫފާރު ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިންނާއި މައުލޫމާތު ހިއްސާ ކުރަމުން ކައުންސިލުން ބުނެފައިވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން 8 ން 12 އަށް ކަމަށެވެ. މިޕްރޮގްރާމްގެ ތެރެއިން ތަފާތު ކުޅިވަރުތަކާއި ތަމްރީނާއި ވަޒީފާގެ ފުރުސަތާއި އަދި ދީނީ ހަރަކާތްތައްވެސް ކުރިއަށް ދާނެކަމަށެވެ. މިހަރަކާތް އުނގޫފާރުގައި ރާވާ އިންތިޒާމް ކުރުމަށް އަތޮޅު ކައުންސިލާއި ރަށުކައުންސިލުން މިހާރުވަނީ ފޯކަލް ޕޮއިންޓްން ކަނޑައަޅާފައިކަމަށެވެ.