217
0

ދުންފަތުގެ އިސްތިއުމާލު ނުކުރާދުވަސް ފާހަގަކުރުމަށް ޔޫއާރުއެޗުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

217
0

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އުނގޫފާރުގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުންނާއި އެކު ޕެނަލް ޑިސްކަޝަންސް ތަކެއް އިއްޔެ ބާއްވައިފިއެވެ.

އެކި މުއައްސަސާތަކާއެކު ވަކިވަކިން ބޭައްވި ޑިސްކަޝަންތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތަކާއި ބެހޭ ގޮތުން ވަނީ މައުލޫމާތު ދެވިފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެވައިވެއެވެ. އިއްޔެގެ މިހަރަކާތުގައި މުއައްސަސާތަކުގެ އިތުރުން އާއްމު ރައްޔިތުންނާއި ސްކޫލްގެ ދަރިވަރުންނަށްވެސް މިމައުލޫމާތުވަނީ ހިއްސާކޮށްފައެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ މެއި މަހުގެ 31 ވަނަ ދުވަހެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *