1057
1

މިއަދުގެ މެޗުން ސާއިފް ފެނުމުގެ ފުރުސަތު ބޮޑުއިރު ސައު އަދި ޔާސީން ނުފެނިދާނެ

1057
1

ދިވެހި ޕްރިމިއަރ ލީގް 2023-2024 ގެ ކޮލިފިކޭޝަން ތައްޔާރުވަމުންދާ އުނގޫފާރު އެފްސީ މިއަދު ހަވީރު އެކުވެރިކަމުގެ މެޗެއްގައި ކެނދިކުޅުދޫ އެފްސީ އާއި ބައްދަލުކުރާއިރު އަނިޔާގައިހުރި ޔޫއެފްސީގެ އިތުބާރު މިޑްފީލްޑަރ މުހައްމަދު ސާއިފް މެޗުން ފެނުމުގެ ފުރުސަތު ބޮޑުކަމަށާއި ނަމަވެސް ޔާސީން ފިރާޤް (ޔާއްޑެ) އާއި އިތުބާރު ފޯވަޑް ސައުދުﷲ ހުސައިން (ސައު) ފެނުމުގެ ފުރުސަތު ކުޑަކަމަށް ޔޫއެފްސީގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މިއަދުގެ މެޗާއި ބެހޭގޮތުން އުނގޫފާރު ޑޮޓްކޮމް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކޯޗް ބުނީ އިއްޔެގެ ޕްރެކްޓިސްގައި ކުޑަ އިންޖަރީއެއް ދިމާވި ޔާސީން އަށް ކުޅެވޭކަން ނުވަތަ ނޫންކަން ބުނަން އެނގޭނީ މިއަދުގެ ވާމްއަޕަށްފަހުކަމަށެވެ. އަދި މެދުކެނޑު މަކަށްފަހު ޕްރެކްޓިސްގައި ބައިވެރިވި ފޯވާޑް ސައު ވެސް މިއަދު މެޗުގައި ފެނުމުގެ ފުރުސަތު ކުޑަކަމަށެވެ. ނަމަވެސް އަނިޔާއިން ރިކަވަރވެ ޕްރެކްޓިސްގައި ބައިވެރިވަމުންދާ ސާއިފް މިއަދުގެ މެޗުން ކޮންމެވެސް ހިސާބެއްގައި ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ސައުދުﷲ ހުސައިން ޕްރެކްޓިސް ގައި ބައިވެރިވަނީ

ރަހުމަތެރިކަމުގެ މެޗެއްގައި މިދެޓީމު މީގެކުރިން ބައްދަލުކުރި މެޗް ކާމިޔާބުކުރީ ކެނދިކުޅުދޫ އެފްސީއެވެ. 2021 ވަނަ އަހަރު އޮގަސްޓް 20 ވަނަ ދުވަހު ކެނދިކުޅުދޫ ދަނޑު ގައި ކުޅެވުނު މިމެޗް ކެނދިކުޅުދޫ އެފްސީ ކާމިޔާބުކުރީ 4-2 ންނެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޔޫއެފްސީން ކުޅުނު ފުރަތަމެޗްގައި ރަށުބޭރުގައި 1-0 ން އޭދަފުށީ އެފްސީ އަތުން ވަނީ މޮޅުވެފައެވެ.

ނ. ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު 16:00 ގައި ފެށޭ މިމެޗް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

1

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *

އަށް 1 ޚިޔާލު “މިއަދުގެ މެޗުން ސާއިފް ފެނުމުގެ ފުރުސަތު ބޮޑުއިރު ސައު އަދި ޔާސީން ނުފެނިދާނެ

  1. ކާމިޔާބީއަށް އެދެން