554
0

ވާދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށައިފި

554
0

ރ. ވާދޫގައި މިސަރުކާރުން ތަރައްޤީކުރާ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް އާރު.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން މިއަދު ފަށައިފިއެވެ.

ވާދޫ ދަނޑުގެ މަސައްކަތް މިއަދު ފަށާފައިވާއިރު ރ. ހުޅުދުއްފަހަރާއި އުނގޫފާރުގެ މަސައްކަތްވެސް މިދިޔަ މަހުވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. އަދި ރ. މާކުރަތުގެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތްވެސް މޭއިމަހު ވަނީ ފަށާފައެވެ.

‏ރ. ވާދޫ ފުޓުބޯޅަދަނޑުގެ ސަބް ބޭސް ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އާރު.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރެވުނީ 22 މާރިޗް 2022 ގައެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *