
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ރިއަލިޓީ ޝޯ، މޯލްޑިވިއަން އައިޑަލްގެ ރ.އުނގޫފާރުން ފެށި ދަތުރު ފާތިމަތު އަޒުލީމާއާއި އެކު ފަށާފައިވަނީ މަސައްކަތަކީ ކާމިޔާބީގެ މިސްރާބަށް އެޅޭ ފުރަތަމަ ފިޔަވަޅުކަމުގައި ބަލައިގެންނެވެ. އެތައްބަޔަކު ބައިވެރިވި އޯޑިޝަން އަކުން ރާއްޖޭގެ އުތުރުން މުބާރާތުގައި ބައިވެރިވެވުނު ހަމަ އެކަނި ބައިވެރިޔާއަށް ވެވި ގަދަ 9 އަކަށް ދަތުރު ކުރުމަކީ ލިބިފައިވާ މަދު ތަޖުރިބާއާ އަޅާ މިނެ ކިރާލާއިރު ކުޑަ ކާމިޔާބީއެއް ނޫނެވެ. ނަމަވެސް މިފަދަ މުބާރާތެއްގައި އަމާޒަށް ވާސިލް ނުވެވި އެކަކު ފިޔަފާ ހުރިހާ ބައިވެރިންވެސް ކޮންމެސް ހިސާބަކުން ވަކިވާން ޖެހޭނެ ކަމީ ޤަބޫލުކުރަން ޖެހޭ ހަޤީގަތެކެވެ.
މިކާމިޔާބުގެ ފަހަތުގައި ފޮރުވިފައި ވަނީ އަޒުލީމާގެ ބަދަލެއް ނުވާ ގަދަ ހިއްވަރާއި، ލޯބިވާ އާއިލާއާއި، ރަހުމަތްތެރިންނާއި، ރަށާއި، އަތޮޅާއި އަދި އެކި ހިސާބުތަކުގައި ތިބި އަޒުލީމާ ދެކެ އަބަދުވެސް ލޯބިވާނެ އަދި ދެގޮތެއް ނުވެ އެކުގައި ތިބޭނެ ސަޕޯޓަރުން ދެއްވި ތަރުހީބާއި ކުރި އިތުބާރުކަން ޓީމް އަޒްލީގެ ފަރާތުން ފާހަގަކުރަމެވެ.
މިރޭ އަޒުލީމާ މި މުބާރާތުން އަލްވަދާއު ކިޔާފައިވަނީ އެފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ހުސްވުމެއް ނުވާ ޝުކުރު އަދާކުރަމުންނެވެ. ޓިމް އަޒްލީގެ ފަރާތުން ބުނެލަން ބޭނުން ވަނީ ކާމިޔާބީގެ ކޮންމެ ދަތުރެއްވެސް ފެށޭނީ ކުރިއަށް އެޅޭ އެންމެ ފިޔަވަޅަކުން ކަމަށާއި މިއީ އެފަދަ އެއް ވިޔަވަޅުކަމެވެ. އަޒުލީމާ ހޯދާފައިމިވާ ކާމިޔާބަށް ރ.އުގޫފާރާއި، ރ.އަތޮޅާއި އަދި މި ދިވެހި ރާއްޖެވެސް ފަހުރުވެރި ވާނެކަން ކަށަވަރެވެ.
ސަޕޯޓަރުންގެ ތެރެއިން ވާހަކަ ދެއްކި އެންމެންވެސް ބުނެލަން ބޭނުންވީ ހަމަ މައިގަނޑު އެންމެ ވާހަަކަ އެކެވެ. އެއީ އަޒުލީ އެއީ އެ އެންމެންގެ އައިޑޮލް ކަމަށާއި ހިއްވަރާއެކު ކުރިއަށް ދިއުމަށާއި ކާމިޔާބީގެ ބޮންތީގައި ހިފާ ދުވަސް ދެކެން އަބަދުވެސް އަޒުލީއަށް ސަޕޯޓްކުރުމުގައި އަޒްލީގެ ފަހަތުގައި ދެމި ތިބޭނެ ކަމެވެ. ޓީމް އަޒްލީގެ ދުވާއަކީ އަދި އުންމީދަކީވެސް މިއީ އެވެ. އަޒުލީމާ މިއަދު ޝޯއިން ވަކިވެފައިވިޔަސް ހިތުގައި ވަނީ އަދިވެސް އެ އަޒުމެވެ. އެ ހިއްވަރެވެ. އަޒުލީމާގެ އެންމެ ފަހުގެ ވަދާއީ ހުށައެޅުމުގައި ބުނެފައިވާ ފަދައިންނެވެ. ކާމިޔާބީގެ ދަތުރުގައި އަޒުލީމާއާއެކު ހިއްސާވެލާށެވެ. ހިނިތުން ވެލާށެވެ.
Azleemaa maldivain idol in keteema mi site haadha down vehjje ey! Liyaane habareh ves nethee tha???
އަޒްލީމާއަށް ހެޔޮވިސްނުން ދެއްވާށި! ކޮންމެބަޔަކު ބުންޏަސް ކޮންމެ މީހަކު ބުންޏަސް ތިމާގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެނުލާތި! އާހިރަތް ދުވަހުން ވަޒީރުންނެއް ސަރުކާރުގެ ބޮޑުންނެތް ނުތިބޭނެ އަތްޖަހާކަށް! ނަރަކައިގެ އަޒާބުން ސަލާމަތް ކުރާކަށް!
Allah nahy kurevi Kameh kuranama ekameh manakurumaky ekanengey myhunah vaajibeh
الحمدلله allah azleemaashai ekallange haram kantah promote kura meehunah heyovisnun dehvaashi
Allah haramkurehvi kurevi
kantah
Good luck azlee #teamaLee
MI inn vidhali Faathumathu Azleema ge mamma r mulhi aailaa inn edhilavva varah khaassa edhilevvumeh,
Azly ge ehvx fan eh adhi supprtr eh MI ge jadge unna adhi Azly ge ehvx vaadhaveri akah nisbaiyykn nubaaimis kn ehvx ehcheih nukiyevvumah emmehaa supptr uhge arihun edhilahvaeve,,
Eyna keteema party ves dheyvaru vey. I hate her a lot.
Dhen ves ehen kamakaa ulhey. Lava e,ee haram kameh.
ma raa atoll. ma ufaavey eyna keteema. keke