އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބާއި ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން 1443 ވަނަ އަހަރު ރަމަޟާންމަހު ކުރިއަށްގެންދިޔަ ގުރުއާން މުބާރާތުގެ އިނާމްދިނުމުގެ ރަސްމިއްޔާތު 17 ޖޫން2022 ވަނަ ދުވަހުގެ ރޭ އާރުބީޖީ އިދާރާގައި ބާއްވާފިއެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ބައިވެރިވެފައި ވާއިރު ރަށުގެ މުއަށްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.މީ އާރުބީޖީ ސްޕޯރޓްސް ކުލަބުން މިމުބާރާތް ކުރިއަށްގެންދާ ދެވަނަ އަހަރުކަން ފާހަގަ ކޮށްލެވެއެވެ.
![](http://www.ungoofaaru.com/wp-content/uploads/2022/06/RBG-Sports-3.jpg)
މިމުބާރާތުގެ ވަނަވަނަ އަށް ހޮވުނު ބައިވެރިންނަށް އިނާމު ހަވާލު ކޮށްދެއްވީ ރަސްމިއްޔާ ތުގެ ޝަރަފްވެރި މެހެމާން ކައުންސިލް ރައީސް ޝުޖާއު އާދަމް އާއި އާރުބީޖީ ގެ ރައީސް އިބްރާހިމް ނަސީމް އާއި ބޮޑުފޮޅުދޫ ސްކޫލްގެ ޕްރިންސިޕަލް މޫސާ ނިމާލްގެ އިތުރުން ހެލްތު ސެންޓަރ އެޑްމިނިސްޓްރޭޓަރ މަރިޔަމް ނާޝީދާ އާއި މުބާރާތުގެ ފަނޑިޔާރު އާދަމް އަބްދުއްރަހްމާން އާއި އާރުބީޖީގެ މުއައްސިސް މުހައްމަދު މޫސާގެ އިތުރުން މުބާރާތުގެ ސްޕޮންސަރުންނެވެ.
![](http://www.ungoofaaru.com/wp-content/uploads/2022/06/RBG-Sports-1.jpg)
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާރުބީޖީގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މި މުބާރާތަކީ ރަށުގެ ރަށްވެހީންގެ ތެރެއިން ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެކު ބޭއްވޭ މުބާރާތެއް ކަމަށާއި، މިއަހަރުވެސް ކާމިޔާބު ކަމާއި އެކު ނިންމާލެވުނީ ކައުންސިލް އާއި ގުޅިގެން ކައުންސިލްގެ ބޮޑު އެހީތެރިކަމާއި އެކު ކަމަށެވެ. އަދި އަންނަ އަހަރުގެ މުބާރާތް މިއަށް ވުރެ ފެންވަރު ރަނގަޅުކޮށް ގެންދެވޭނެ ކަމުގެ އުންމީދު އެބައޮތްކަމަށާއި އއ މަތިވެރި ޔޫނިއަން ސްޕޯޓްސް ކުލަބުން މުބާރާތަށް އެހީތެރި ވެދެއްވާނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށެވެ.
![](http://www.ungoofaaru.com/wp-content/uploads/2022/06/RBG-Sports-4.jpg)
މުބާރާތުގެ ވަނަ ވަނަ އަށް ހޮވުނު ބައިވެރިން.
![](https://www.ungoofaaru.com/wp-content/uploads/2022/06/RBG-Sports.png)