443
0

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް އޮގަސްޓްމަހު ނިމޭނެ

443
0

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމާ އޮގަސްޓްމަހު އެއިމާރާތް ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އުނގޫފާރު ޑޮޓް ކޮމް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހީމް ޒަޔާން ވިދާޅުވީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރ ވަރަށްބޮޑަށް މަސައްކަތް ކުރަމުންދާކަމަށެވެ.

“މިދިޔަ ބުދަދުވަހު އެލިޔާގެ ޖެނެރަލް މެނޭޖަރ އަދި ޓެކްނިކަލް ބޭފުޅުންހިމެނޭހެން ޓީމެއް އުނގޫފާރަށް ޒިޔާރަތްކޮށް މަސައްކަތްތައް ބައްލަވާލެއްވި، އެބޭފުޅުން ވިދާޅުވީ އޮގަސްޓް މަހުގެ 10 ގެ ނިޔަލަށް އިމާރާތުގެ ހުރިހައި މަސައްކަތެއް ނިންމުމަށް މަސައްކަތް ކުރަމުންދާވާހަކަ، މިހާރު ނުނިމި ހުރިމަސައްކަތްތަކަށް ބަލާއިރު އިތުރު ކަމެއްދިމާނުވާނަމަ އެތާރީހަށް އެމަސައްކަތްތައް ނިންމާލެވޭނެ ކަމަށް މިބަލަނީ” ޒަޔާން ވިދާޅުވިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ މިސަރުކާރުން ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރަމުންދާ 5 ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕޓަލެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *