506
0

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޚިތާނީ ކޭމްޕް ފެށިގެން ކުރިއަށް

506
0

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޚިތާނީ ކޭމްޕް އިއްޔެ ހެނދުނު ފެށިއްޖެއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ޒަޔާން ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ސުކޫލް ބަންދާ ދިމާކޮށް ކުރިއަށް ގެންދާ މި ކޭމްޕްގައި މިއަހަރު 48 ކުދިން ބައިވެރި ކޮށްފައިވާކަމަށެވެ.

“އަޅުގަނޑުމެން ފުރަތަމަ ހިތާނީ ކޭމްޕް ކުރިއަށް ގެންދަންރޭވީ 4 ދުވަހު، ނަމަވެސް ތަރުހީބު ބޮޑުވެ ގިނަބަޔަކު އިތުރު ޖާގައަށް އެދެމުން ދިއުމުން އަޅުގަނޑުމެން އިތުރު ފުރުސަތު ދިނުމުގެ ގޮތުން 6 ދުވަހަށް މި ބަދަލުކުރީ، މިހާރުވެސް ބައެއް ބައެއް ފަރާތަކުން އެބަގުޅާ އިތުރު ޖާގަ ހޯދުމަށް، އަޅުގަނޑުމެން މިދަނީ އެފަރާތްތަކަށްވެސް ކޮންމެވެސްކަހަލަ ފުރުސަތުތަކެއް ހަމަޖައްސައި ދެވޭތޯ ބަލަމުން” ޒަޔާން ވިދާޅުވިއެވެ.

ހިތާނީ ކޭމްޕް ކުރިއަށްދާނީ މިމަހުގެ 3، 5،7 17، 19 އަދި 21 މި 6 ދުވަހުއެވެ. މިކޭމްޕްގައި ކޮންމެ ދުވަހަކު 8 ކުދިން ހިތާނު ކުރުމަށްވަނީ ހަމަޖެހިފައެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *