426
0

އުނގޫފާރު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން މާދަމާރޭ އުނގޫފާރު ސްކޫލްގައި ބާއްވަނީ

426
0

އުނގޫފާރު ކައުންސިލުން އުނގޫފާރު ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ހާއްސަ ބައްދަލުވުން މާދަމާރޭ އުނގޫފާރު ސްކޫލްގައި އޮންނާނެއެވެ. މާދަމާރޭ އުނގޫފާރު ސްކޫލްގެ އޭވީރުމުގައި މިބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.

މި ބައްދަލުވުމަކީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ބޭއްވުމަށް ލާޒިމުކުރާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި މިއައަރުގެ ފުރަތަމަ ހަ މަސްދުވަހު އުނގޫފާރު ކައުންސިލުން ހިންގި ހަރަކާތްތަކާއި މިއަހަރު ކުރިއަށް ހިންގުމަށް ރާވާފައިވަ ހަރަކާތްތަކުގެ މައުލޫމާތު އުނގޫފާރު ރައްޔިތުންނާއި ހިއްސާކުރާނެއެވެ.

އެގޮތުން 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހުށައެޅުމާއި 2023 ވަނައަހަރުގެ މަސައްކަތު ތާވަލުގެ ބަޖެޓާއި އުނގޫފާރު ރައްޔިތުންގެ ގޮތުން ދެވެމުންދާ އަސާސީ ހިދުމަތްތަކުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ހުށައެޅުމާއި ރައްޔިތުންގެ ގޮތުން ކުރެވެމުންދާ ވިޔަފާރި ތަކުގެ ރިޕޯޓްތައްވެސް ރައްޔިތުނންނާއި ހިއްސާކުރާނެކަމަށް އުނގޫފަރު ކައުންސިލުން ހާމަކޮށްފައިވެއެވެ.

މިބައްދަލުވުމުގައި އުނގޫފާރު ރައްޔިތުންގެ ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އުނގޫފާރު ކައުންސިލުން އެދިލައްވައެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *