232
0

އެމް.ޑީ.ޕީ ގެ ރިޔާސީ ޕްރައިމަރީ 2023 – ރައީސްގެ ކެމްޕެއިން ޓީމު މާދަމާ އުނގޫފާރަށް

232
0

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމް.ޑީ.ޕީގެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމު މާދަމާ އުނގޫފާރަށް ޒިޔާރާތް ކުރާނެއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ޕާޓީގެ އުނގޫފާރު ދާއިރާގެ ނައިބްރައީސް މުހައްމަދު ސްޒީލް ބުނީ ރައީސް ސޯލިހުއަށް ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ރައީސްގެ ކެމްޕެއިން ޓީމު މާދަމާ އުނގޫފާރަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިޓީމުގައި ކެބިނެޓްގެ ބައެއް ވަޒީރުންނާއި ރ އަތޮޅަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވާ ކަމަށެވެ.

ރައީސްގެ ކެމްޕެއިން ޓީމު އުނގޫފާރަށް ކުރާ މިދަތުރުގައި ދޮރުންދޮރަށް ހިނގާ ޕާޓީގެ އާންމު މެމްބަރުންނާއި ބައްދަލުކޮށް ކެމްޕެއިން ފޯރި އިތުރަށް ވަރުގަދަކޮށް މި އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކާމިޔާބު ކޮށްދިނުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރާނެއެވެ.

ރައީސް ސޯލިހުވަނީ ހަފްތާ ބަންދުގައި ރ އަތޮޅަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައެވެ. މިދަތުރުފުޅުގައި ރ. އަލިފުއްޓާއި މާކުރަތާއި އިންނަމާދޫގެ އިތުރުން ރ. މީދޫއަށް ވަޑައިގެން ފ|ޯރިގަދަ ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ..

މި އިންތިހާބުގައި ދެން ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. އެމަނިކުފާނުގެ ކެމްޕެއިންވެސް ވަރަށް ފޯރިއާއެކު އުނގޫފާރުގެ އިތުރުން ރ އަތޮޅުގައިވެސް އެބަދެއެވެ. ރައީސް ނަޝީދު ވަނީ އިއްޔެ ރ. މަޑުއްވަރީ މާކުރަތު، ދުވާފަރު އަދި ހުޅުދުއްފާރަށް ޒިޔާރަތްކޮށް ދޮރުންދޮރަށް ހިނގާ ޕާޓީގެ އާންމު މެމްބަރުންނާއި ސަޕޯޓަރުންނާއި ބައްދަލުކޮށްފައެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *