648
0

ނާސިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 26 ޖެނުއަރީ އަށް ހަމަވާނެ

648
0

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނާރސިން އިން ހިންގާ އެޑްވާންސް ސެޓްފިކެޓް އޮފް ނަރސިންގ ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފައިވާ ފުރުސަތު ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހަމަވާނެއެވެ.

ޤައުމީ ޔުނިވާސިޓީން ހިންގާ ކޯސްތަކުގެ ތެރެއިން އެޑްވާންސް ސެޓްފިކެޓް އިން ނަރސިންގ ކޯހަކީ އެޔުނިވާސިޓީގެ އުނގޫފާރު އައުޓްރީޗް ސެންޓަރުގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

މިކޯހުގައި ބައިވެރިވުމުގެ މައިގަނޑު ޝަރުތެއްގެ ގޮތުގައި ވަނީ ޖީސީ އީ އޯލެވެލް އިމްތިހާނުގެ 3 މާއްދާއިން ފާސްވުމާއި ނުވަތަ އެއާއި އެއްވަރުގެ ސަނަދެއް އޮތުމެވެ.

ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތަވާލައްވާ:

ކޯސްތަކާއި ބެހޭ މައުލޫމާތު ބެއްލެވުމަށް: https://courses.mnu.edu.mv/

ކޯސްތަކަށް އެޕްލައި ކުރުން ހަމަޖެހިފައިވަނީ އޮންލައިން ކޮށްެ https://portal.mnu.edu.mv// ގައިވާ ޕޯޓަލް މެދުވެރިކޮށެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *