392
0

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ އެކަޑަމީ އުނގޫފާރުގައި ފަށަނީ

392
0

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަޤުޞަދުގައި، އެކުލަބުގެ ފަރާތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުގެ މާރޗް މަހުގެ ތެރޭގައި އުނގޫފާރުގައި ފުޓްބޯޅަ އެކަޑަމީއެއް ފެށުމަށް އެކުލަބުން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން އުނގޫފާރު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެކްލަބުގެ ފަރާތުން ކުރިއަށް ގެންދާ އެކަޑަމީގައި 16 އަހަރުންދަށް، 14 އަހަރުންދަށް، 12 އަހަރުންދަށް، 9 އަހަރުންދަށް އަދި 7 އަހަރުންދަށުގެ އުމުރުފުރާތަކުގައި ކުދިން ބައިވެރި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ބައިވެރިވާ ކޮންމެ ކުއްޖެއްގެ އަތުން މަހުފީގެ ގޮތުގައި -/300ރ (ތިންސަތޭކަ ރުފިޔާ) ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެޕްލިކޭޝަން ފޯމާއިއެކު އަލަށް ވަންނަ ކޮންމެ ކުއްޖެއްގެ އަތުން، އެކަޑަމީ ޖާރޒީ ކިޓް ފީގެ ގޮތުގައި ނެގުމަށް ގަސްދުކޮށްފައިވާ އަދަދަކީ-/300ރ (ތިންސަތޭކަ ރުފިޔާ) އެވެ. މި ފީއަކީ ޖާރޒީ، ސޯޓް އަދި ސްޓާކީން ކުއްޖާއަށް ދިނުމަށްޓަކައި ނެގޭ ފީއެކެވެ.

ވީމާ، ނިއުރޭޑިއަންޓް އެކަޑަމީއަށް ވަނުމަށް ބެނުންވާ ފަރާތްތަކުން 23 ޖަނަވަރީ 2023 އިން 31 ޖަނަވަރީ 2023 ގެ ނިޔަލަށް އެކަޑަމީއަށް ވަނުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ޖާރޒީ ކިޓް ފީއާއި އެކު އުނގޫފާރު ކައުންސިލްގެ އިދާރައަށް ހުށަހެޅުއްވުން އެދެމެވެ. އެކަޑަމީއަށް ވަނުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް އުނގޫފާރު ކައުންސިލްގެ އިދާރައިން ލިބިވަޑައިގަންނަވާނެއެވެ. 

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *