488
0

ކަޒިންސް ޔުނިޓީ ޓްވާރޑްސް އެމްޕަވާރ މެންޓް (ކިޔުޓް) ޖަމުޢިއްޔާ އިފްތިތާޙް ކޮށްފި

488
0

ކަޒިންސް ޔުނިޓީ ޓްވާރޑްސް އެމްޕަވާރ މެންޓް (ކިޔުޓް) ޖަމުޢިއްޔާ އިފްތިތާޙް ކޮށްފިއެވެ. ރ. އަނގޮޅިތީމު ކިއުޓް ޖަމިއްޔާ އިފްތިތާހް ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި އަނގޮޅިތީމު ކައުންސިލްގެ ރައީސް އަދި ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ.

ކިޔުޓް ޖަމިއްޔާ އިފްތިތާހް ކުރުމަށް ބޭއްވި ހާއްސާ ޙަފްލާގެ ޝަރަފްވެރި މެހުމާނަކީ “މި” ނޫހޫގެ ޑެޕިޔުޓީ އެޑިޓަރ އަލްފާޞިލް އަޙުމަދު ޙަމީދެވެ. މި ހަފްލާގައި ކިޔުޓް ޖަމިއްޔާ އިފްތިތާހް ކުރުމުގެ އިތުރުން ކިޔުޓް ޖަމުޢިއްޔާގެ ފަރާތުން ރ.އަނގޮޅިތިމް މަސްޖިދުލް ނޫރު މިސްކިތުގައި ހަރުކުރުމަށް 9 އެއާރ ކޮންޑިޝަން ޔުނިޓް އަނގޮޅިތީމް ކައުންސިލާއި ހަވާލުކުރުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ކައުންސިލްގެ ފަރާތުން މިތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް ފައިސަލް ނަސީމްއެވެ.

މި ރަސްމިއްޔާތުގައި ކިޔުޓް ޖަމުޢިއްޔާގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމެޓީގެ މަގާމުތަކަށް ހޮވިފައިވާ ފަރާތްތަކަށް ވަނީ މަގާމުގެ ފަތްކޮޅު އަރުއްވާފައެވެ. އަދި

އަލަށް ކިޔުޓް ޖަމުޢިއްޔާއަށް ވަދެފައިވާ މެންބަރުން ވަނީ ސޮއި ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ކިޔުޓް ޖަމުޢިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ވަނީ އަގު ވަޒަން ކުރުމުގެ ގޮތުން ސެޓްފިކެޓް ދީފައެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *