1138
0

އިސްލާމީ އިލްމު ފެތުރުމަށް، އުނގޫފާރު އިސްލާމީ މަރުކަޒު އިސްލާމިކު ޔުނިވާސިޓީ އާއި ހަވާލުކުރަނީ

1138
0

އުނގޫފާރުގައި ހުންނަ އިސްލާމީ މަރުކަޒުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކެމްޕަހެއް ހިންގަން އިސްލާމިކް ޔުނިވާސިޓީއާއި އަންނަ ހަފްތާގައި ހަވާލު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު އަލީ ސައީދު ހާމަ ކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ އުނގޫފާރު އިސްލާމިކު ސެންޓަރުގެ ފޮޓޯ އަކާއެކު މީގެ ކުޑަ އިރުކޮޅެއް ކުރިން އެމަނިކުފާނު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.

https://www.facebook.com/photo/?fbid=6817929871625609&set=a.183799555038707

މިއަދު ވަނީ ތިނަދޫ ސިޓީގައި ހުންނަ އިސްލާމީ މަރުކަޒުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކެމްޕަހެއް ހިންގަން ހަވާލުކޮށްފައެވެ.

މިއަދު އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ތިނަދޫ އިސްލާމީ މަރުކަޒުގައި އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ބިން ސައީދު އެވެ.

އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ރ. އުނގޫފާރުގައި ބިނާކޮށްފައިވާ އިސްލާމިކް ސެންޓަރަށް ދީފައިވަނީ މަސްޖިދު އައްދުކްތޫރު އަފްރާޝިމް ޢަލީގެ ނަމުންނެވެ. މި ސެންޓަރު ހުޅުވާފައިވަނީ 17 ޑިސެމްބަރު 2021 ގައެވެ.

ރ. އުނގޫފާރު އިސްލާމިކް ސެންޓަރަކީ ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ޚަރުދުކޮށްގެން ބިނާކޮށްފައިވާ މަރުކަޒެކެވެ.

މި މަރުކަޒުގައި 4 ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، ޖަލްސާކުރާ ހޯލެއް ހިމެނެއެވެ. ދެ ފަންގިފިލާއަށް ބިނާކޮށްފައިވާ މި މަރުކަޒުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެއެވެ

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *