580
0

އުނގޫފާރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

580
0

އުނގޫފާރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ގެޒެޓްގައި މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސްކޫލްގެ ސެކިއުރިޓީ ބަލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް އުނގޫފާރު ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހު 11:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށެވެ.

މިކަމަށްއެދި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިތުރުމައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ އުނގޫފާރު ސްކޫލުގެ ނަންބަރު 6580262 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުރެއްވުމަށް އެދިލައްވާފައި ވެއެވެ.

https://www.gazette.gov.mv/iulaan/265074

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *