536
0

އުނގޫފާރު ކައުންސިލު ޤުރުއާން މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

536
0

އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން، އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތް 2023 ނޮވެމްބަރ 29 ވާ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެކައުންސިލުން ބުނެފިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލި އިރު މުބާރާތް ބޭއްވުމަށް އޭރު ތާވަލް ކޮށްފައިވަނީ ނޮވެމްބަރ 3 ން 5 އަށެވެ. ނަމަވެސް ފަހުން މުބާރާތް ބާއްވާ ތާރީހު ބަދަލުކޮށް މުބާރަތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު 2023 ނޮވެމްބަރ 02 ވާ ބުރާސްފަތި ދުވަހުގެ 13:30 ނިޔަލަށް ވަނީ އިތުރު ކޮށްފައެވެ.

މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލް މެމްބަރ މުހައްމަދު މުނީޒު މޫސާ ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވީއިރު މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާފައިވަނީ 50 ފަރާތަކުން ކަމަށެވެ. އަދި ބައިވެރިންގެ އަދަދަށް ބަލާއިރު މުބާރާތުގެ ކިޔެވުން ހުކުރު ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހަމަވިއިރު ހުޅުވާލާފައިވާ 6 އުމުރު ފުރާއިން މުބާރާތުގައި ބައިވެރިވެފައިވަނީ 50 ބައިވެރިންނެވެ. އެއީ 6 އަހަރުން ދަށުގެ ބައިގައި 6 ބައިވެރިން ، 9 އަހަރުން ދަށުގެ ބައިގައި 7 ބައިވެރިން، 12 އަހަރުން ދަށުގެ ބައިގައި 16 ބައިވެރިން، 15 އަހަރުން ދަށުގެ ބައިގައި 10 ބައިވެރިން، 18 އަހަރުން ދަށުގެ ބައިގައި 6 ބައިވެރިން އަދި 18 އަހަރުން މަތީގެ ބައިގައި 5 ބައިވެރިންނެވެ.

މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހަމަވުމުން ބައިވެރިވެފައިވާ ފަރާތްތަކުގެ ލިސްޓް ގެޒެޓްކޮށް ޝަކުވާއަށް ހުޅުވާލައިފައިވަނީ ނޮވެމްބަރ 15 ވަނަ ދުވަހުއެވެ. އަދި ޝަކުވާ ހުށައެޅުމުގެ ފުރުސަތު ނޮވެމްބަރ 19 އާއި ހަމައަށް ވަނީ ދީފައެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *