334
0

ރައްޔިތުންގެ މަޖިލިސް އިންތިހާބު – އުސްތާޛް ޝިޔާމް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކޮށްފި

334
0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން ޤާނޫނީ ވަކީލް ރ. ހުޅުދުއްފާރު، އަލްއުސްތާޛު އިބްރާހީމް ޝިޔާމް އިއުލާނު ކޮށްފިއެވެ.

މިކަން ހާމަކުރަމުން އިބްރާހީމް ޝިޔާމް އިއްޔެ ކުރި ފޭސްބުކް ޕޯސްޓްގައި ބުނެފައިވަނީ “މާތް الله ގެ ޙަޟްރަތުން ވާގި އެދިހުރެ، ކުރިޔަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އުނގޫފާރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. މިކަމުގައި ދާއިރާގެ ރައްޔިތުންނާއި، އެމްޑީޕީ މެންބަރުންގެ ތާއީދާއި އެއްބާރުލެއްވުމަށް އަޅުގަނޑު އެދެމެވެ.”

އިބްރާހީމް ޝިޔާމްވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި 2019 ވަނަ އަހަރު ވެސް ވާދަ ކުރައްވާއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގެ ފޯރި ގަދަވަމުންދާއިރު އިދިކޮޅު އެމްޑީޕީ ފިޔަވައި އަދި އެއްވެސް ޕާޓީ އަކުން މިދާއިރާގެ ވާދަކުރާނެ ކެނޑިޑޭޓަކު ރަސްމީކޮށް އެކަން އިއުލާނު ކޮށްފައެއް ނުވެއެވެ. ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ ޕްރައިމަރީ އަންނަ ޖެނުއަރީ 20 ގައި ބާއްވާނެކަން އެކޯލިޝަނުން އިއުލާނު ކޮށްފައިވާއިރު ޕްރައިމަރީގައި ވާދަ ކުރައްވާ އެއްވެސް ކެނޑިޑޭޓަކު އެކަން ރަސްމީކޮށް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *