367
0

އައިޔޫއެމްގެ އުތުރު ކެމްޕަސް ހިންގުމަށް އުނގޫފާރު އިސްލާމިކް ސެންޓަރު އައިޔޫއެމް އާއި ހަވާލުކޮށްފި

367
0

އުނގޫފާރުގައި އިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒުގައި އިސްލާމިކް ޔުނިވާސިޓީގެ އުތުރުގެ ކެމްޕަސް ހިންގުމަށް ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އައިޔޫއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލާ އަލީ ޒާހިރު އެވެ.

އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ރ. އުނގޫފާރުގައި ބިނާކޮށްފައިވާ އިސްލާމިކް ސެންޓަރަށް ނަން ދީފައިވަނީ މަސްޖިދު އައްދުކްތޫރު އަފްރާޝިމް ޢަލީގެ ނަމުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަންފެށި މިސެންޓަރުގެ މަސައްކަތް ނިންމައި ހުޅުވާފައިވަނީ 17 ޑިސެމްބަރު 2021 ގައެވެ.

ރ. އުނގޫފާރު އިސްލާމިކް ސެންޓަރަކީ ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ޚަރުދުކޮށްގެން ބިނާކޮށްފައިވާ މަރުކަޒެކެވެ.

މި މަރުކަޒުގައި 4 ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، ޖަލްސާކުރާ ހޯލެއް ހިމެނެއެވެ. ދެ ފަންގިފިލާއަށް ބިނާކޮށްފައިވާ މި މަރުކަޒުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެއެވެ

މިދިޔަ ހަފްތާގައި ގދ. ތިނަދޫ އިސްލާމީ މަރުކަޒުގައިވެސް އައިޔޫއެމްގެ ކެމްޕަސްއެއް ހިންގަން ވަނީ ހަވާލުކޮށްފައެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *