ރ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ “ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023” މިއަހަރުވެސް އުނގޫފާރުގައި ބާއްވަން ނިންމާފައިވާކަން ރ އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ.
މިމުބާރާތް ހޯސްޓް ކުރާނެ ފަރާތެއް ހޯދުމަށް ކައުންސިލުން ކޮންމެ އަހަރަކުވެސް އަތޮޅުގެ ރަށްތަކަށް ފުރުސަތު ހުޅުވާލައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ފުރުސަތު ހުޅުވާލި ނަމަވެސް މިދިޔަ އަހަރާއި މިއަހަރުވެސް މިކަމަށް އެދި އެއްވެސް ރަށަކުން ހުށައަޅާފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިފަހަރު އުނގޫފާރުގައި މުބާރާތް ބާއްވަން ނިންމީ އުނގޫފާރު ކައުންސިލާއިވެސް މަޝްވަރާ ކުރުމަށް ފަހުގައެވެ.
މިދިޔައަހަރުގެ މުބާރާތް އުނގޫފާރުގައި ބޭއްވިއިރު މުބާރާތުގައި އުނގޫފާރު ބައިވެރިވެފައެއް ނުވެއެވެ. މިއަހަރުގެ މުބާރާތުގައި އުނގޫފާރުގެ އިތުރުން ދެން ބައިވެރިވެފައިވަނީ ޗެމްޕިއަން ދުވާފަރު، ރަނަރަޕް އިނގުރައިދޫ، މީދޫ، އަލިފުށި، އިންނަމާދޫ، މަޑުއްވަރީ އަދި ރަސްމާދޫއިންނެވެ.
މިދިޔައަހަރުގެ މުބާރާތް ކުރިއަށް ދިޔައިރު އާއި ފައިނަލްމެޗްގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފުޓްސަލް ދަނޑަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާއިރު އެކަމާއި އެއްވެސް ފަރާތަކުން އަޅާލާފައިނުވާއިރު މިއަހަރުގެ މުބާރާތް އުނގޫފާރުގައި ބޭއްވުމަށް ނިންމުމާއެކު ބައެއްފަރާތްތަކުން ދަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅު ކުރަމުންނެވެ.
މިފަދަ މުބާރާތްތަކާއި ބޮޑެތި އިވެންޓްތައް އުނގޫފާރުގައި ބާއްވާތީ ބައެއްފަރާތްތަކުން ދޭތެރެދޭތެރެއިންސޯޝަލްމީޑިއާގައި މިކަމާއި ގުޚޭގޮތުން ޝުއޫރު ފާޅުކުރަމުންގެންދާކަން ފާހަގަ ކުރެވެއެވެ.
މި މުބާރާތް އުނގޫފާރުގައި ފެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ