674
0

ރ. އަތޮޅު ފުޓްސަލް މުބާރާތް އުނގޫފާރުގައި ނުބާއްވާނެ ކަމަށް ރ އަތޮޅު ކައުންސިލުން ބުނެފި

674
0

ރ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ “ރ. އަތޮޅު ފުޓްސަލް ޖެލެންޖް 2023” އުނގޫފާރުގައި ބޭއްވުމަށް ރ އަތޮޅު ކައުންސިލުން ނިންމާ އެކަން އިއުލާނު ކޮށްފައިވަނިކޮށް އެމުބާރާތް އުނގޫފާރު ގައި ނުބޭއްވުމަށް އުނގޫފާރު ކައުންސިލުން މިއަދު ނިންމުމައި ގުޅިގެން ރ އަތޮޅު ކައުންސިލުންވެސް މިރޭވަނީ މުބާރާތް އުނގޫފާރުގައި ނުބާއްވާނެ ކަން އިއުލާނުކޮށްފައެވެ. އަދި މުބާރާތް ބާއްވާނެ ތަނެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

މިއަދު މެންދުރުފަހު ބޭއްވި އުނގޫފާރު ކައުންސިލްގެ 110 ވަނަ ޖަލްސާގައި އެގޮތަށް ނިންމާފައިވާ ކަމަށް ކައުންސިލް މެމްބަރު މުހައްމަދު މުނީޒް މޫސާ ވަނީ މިރޭކުރި ފޭސްބުކް ޕޯސްޓެއްގައި ހާމަ ކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަދި ރ އަތޮޅު ކައުންސިލްގެ ނައިބް ރައީސްވެސް އެކަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މިމުބާރާތް އުނގޫފާރުގައި ބޭއްވުމާމެދު މަޝްވަރާ ކުރުމަށް އުނގޫފާރުގެ މުއައްސަސާ ތަކާއި ކްލަބް ޖަމިއްޔާތަކާއެކު މިއަދު ހެނދުނު 10 ޖެހިއިރު އުނގޫފާރު ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ފާހަގަ ކޮށްފައިވަނީ ފާއިތުވި އަހަރު ބޭއްވި މުބާރާތުގައި ކަންކަން ހިނގާ ދިޔަގޮތުގެ ސަބަބުން އެމުބާރާތް އުނގޫފާރު ބޭއްވުން މިވަގުތައް އެންމެ ރަގަނޅު ނޫންކަމަށެވެ.

https://www.facebook.com/photo/?fbid=665455349101927&set=a.188479353466198

މުވައްސަސާތަކުގެ އިތުރުން ރަށުގެ ގިނަ ޒުވާނުންވެސް މިފަހަރުގެ މުބާރާތް އުނގޫފާރުގައި ބޭއްވުމާއިމެދު ހިތްހަމަ ނުޖެހޭކަން ދަނީ ފާޅުކުރަމުންނެވެ. ޒުވާނުންގެެވެސް މައިގަނޑު ކަންބޮޑުވުމަކީ ކުރީމުބާރާތުގައި ކަންކަން ހިނގާ ގޮސްފައިވާ ގޮތްތަކެވެ. އެގޮތުން މުބާރާތުގެ އިންތިޒާމްގެ މައްސަލަތަކާއި މުބާރާތާއި ގުޅިގެން މުބާރާތު ކޮމެޓީން ނިންމާފައިވާ ބައެއް ނިންމުންތައް ތަންފީޒު ނުކުރުން ފަަދަ ކަންކަން ހިމެނެއެވެ.

މައުލޫމާތު ލިބޭގޮތުގައި އަތޮޅު ކައުންސިލުން އަދިވެސް ބަލާނީ ރަށްރަށާއި ވާހަކަ ދައްކައިގެން ކޮންމެވެސް އެއްރަށެއްގައި މުބާރާތް ބޭއްވޭނެ ގޮތެއްހަމަޖެހޭތޯއެވެ. އެގޮތުން އެއްވެސް ރަށަކުން މުބާރާތް ބޭއްވުމަށް އެއްބަސްނުވެއްޖެނަމަ މުބާރާތް ބޭއްވުމަށް ކައިރި އެހެން ތަނެއްވެސް ހަމަޖެހޭތޯބެލުމެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *