990
0

މުޅި މުބާރާތުގެ ފަހުރުވެރި 1 ވަނަ އަށް ފުރުޤާން

990
0

އުނގޫފާރު ކައުންސިލުން ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމް ދިނުމުގެ ޖަސްލާ އިއްޔެ ހަވީރު ބާއްވައިފިއެވެ. އިއްޔެ ހަވީރު އުނގޫފާރު އިސްލާމިކް ސެންޓަރުގެ ހޯލުގައި ބޭއްވުނު މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުލް އަޒީޒް އިސްމާޢިލްއެވެ.

ޤުރުއާނުގެ ބަރަކާތުން ޖަސްލާ ފައްޓަވައި ދެއްވީ ޒާހިދާ ޝުކުރީއެވެ. އުނގޫފާރު ކައުންސިލްގެ ރައީސް އަދި ޖަޖުންގެ ފަރާތުން ބޭފުޅަކު ވާހަކަ ދެއްކެވުމަށްފަހު ދެން ކުރިއަށްދިޔައީ މުބާރާތުގެ ނަތީޖާ އިއުލާނުކޮށް އިނާމު ދިނުމެވެ.

6 އަހަރުން ދަށުގެ އުމުރު ފުރައިން ބަލައިގެން ކިޔުމުގެ ގޮފީގައި ބައިވެރިއަކު ބައިވެރިވެފައެއް ނުވެއެވެ. އަދި  ނުބަލާ ކިއުމުގެ ގޮފިން އެއްވެސް ބައިވެރިއަކަށް ވަނަ ލިބިފައެއް ނުވެއެވެ.

9 އަހަރުން ދަށުގެ އުމުރު ފުރައިން ބަލައިގެން ކިޔުމުގެ ގޮފިން އެއްވެސް ބައިވެރިއަކަށް ވަނަލިބިފައެއް ނުވެއެވެ. މި އުމުރު ފުރައިން ނުބަލާ ކިޔުމުގެ ގޮފިން 3 ވަނަ ހާސިލުކުރީ އީލާފް ޢަލީ ޝިހާމް ޖަވާހިރުވާދީ، ރ. އުނގޫފާރު އެވެ. މި އުމުރު ފުރައިން 1 ވަނަ އަދި 2 ވަނަ އެއްވެސް ބައިވެރިއަކަށް ވަނަލިބިފައެއް ނުވެއެވެ.

12 އަހަރުން ދަށުގެ އުމުރު އުމުރު ފުރައިން ބަލައިގެން ކިޔުމުގެ ގޮފިން 3 ވަނަ ހާސިލުކުރީ އާމިނަތު އައިނީ ރުޝްދީ، ޖަވާހިރުމާގެ ރ. އުނގޫފާރުއެވެ. 2 ވަނަ ހާސިލުކުރީ އަކިއަލް ބިން އަޙްމަދު މުޞްތަފާ، ސަމަރބުލޫ ރ. އުނގޫފާރުއެވެ. 1 ވަނަ ހާސިލުކުރީ އާމިނަތު ތުލްވާ މުޙައްމަދު، ނަސީމީވިލާ ރ. އުނގޫފާރުއެވެ.

12 އަހަރުން ދަށް ނުބަލާކިއުމުގެ ގޮފިން 1 ވަނަ ހާސިލްކުރީ އަޙްމަދު އަލިޔަޝް، ފަޒާ ރ. އުނގޫފާރުއެވެ. މިގޮފިން 2 ވަނަ އަދި 3 ވަނަ އަށް އެއްވެސް ބައިވެރިއަކަށް ލިބިފައެއް ނުވެއެވެ.

15 އަހަރުން ދަށުގެ އުމުރު ފުރައިން ނުބަލާ ކިޔުމުގެ ގޮފީގައި އެއްވެސް ބައިވެރިއަކު ބައިވެރިވެފައެއް ނުވެ.

މި އުމުރު ފުރައިން ބަލައިގެން ކިޔުމުގެ ގޮފިން 3 ވަނަ އެއްވެސް ބައިވެރިއަކަށް ވަނަލިބިފައެއް ނުވެއެވެ. 2 ވަނަ ހާސިލުކުރީ އައިން ރުޝްދީ، ޖަވާހިރުމާގެ ރ. އުނގޫފާރުއެވެ. 1 ވަނަ ހާސިލުކުރީ ފާތިމަތު އަމާނީ އަޙްމަދު، ރަތްވިލާގެ ރ. އަނގޮޅިތީމެއެވެ.

18 އަހަރުން ދަށުގެ އުމުރު ފުރައިން ނުބަލާ ކިޔުމުގެ ގޮފީގައި އެއްވެސް ބައިވެރިއަކު ބައިވެރިވެފައެއް ނުވެއެވެ. 18 އަހަރުން ދަށުގެ އުމުރު ފުރައިން ބަލައިގެން ކިޔުމުގެ ގޮފިން 3 ވަނަ ހާސިލުކުރީ މުޙައްމަދު ބަޝާރު ޢަބްދުﷲ، ވާރޭވިލާ ރ. އުނގޫފާރުއެވެ. 2 ވަނަ ހާސިލުކުރީ އާއިޝަތު އީމާ އަޙްމަދު، އުދަރެސް ރ. އުނގޫފާރުއެވެ. 1 ވަނަ ހާސިލުކުރީ މަރްޔަމް އާލާ ޢަލީ، ވެލަބުލިގެ ށ. ކޮމަންޑޫއެވެ.

18 އަރުންމަތީގެ އުމުރުފުރާގެ ފުރައިން ބަލައިގެން ކިޔުމުގެ ގޮފިން 3 ވަނަ ހާސިލުކުރީ އުއްމުހާނީ ބިންތް އަޙްމަދު، ސީނުގެ ރ. އުނގޫފާރުއެވެ. 2 ވަނަ ހާސިލުކުރީ ޒާހިދާ ޝުކުރީ، ވެނީލާ ރ. އުނގޫފާރުއެވެ. 1 ވަނަ ހާސިލުކުރީ އިބްރާހީމް ފުރުޤާން، ގަސްކަރަ ރ. އުނގޫފާރުއެވެ.

ނުބަލާ ކިޔުމުގެ ގޮފިން މުޅި މުބާރާތުން 3 ވަނަ ހާސިލްކުރީ އީލާފް ޢަލީ ޝިހާމް، ޖަވާހިރުމާގެ ރ. އުނގޫފާރުއެވެ. 2 ވަނަ އަށް ބައިވެރިއަކަށް ލިބިފައެއް ނުވެއެވެ. މި ގޮފިން މުބާރާތުން 1 ވަނަ ހާސިލުކުރީ އަޙްމަދު އަލިޔަޝް، ފަޒާ ރ. އުނގޫފާރުއެވެ.

ބަލައިގެން ކިޔުމުގެ ގޮފިން މުޅި މުބާރާތުން 3 ވަނަ ހާސިލުކުރީ ފާތިމަތު އަމާނީ އަޙްމަދު، ރަތްވިލާގެ ރ. އަނގޮޅިތީމެވެ. 2 ވަނަ ހާސިލުކުރީ މަރްޔަމް އާލާ ޢަލީ، ވެލަބުލިގެ ށ. ކޮމަންޑޫއެވެ. 1 ވަނަ އިބްރާހީމް ފުރުޤާން، ގަސްކަރަ ރ. އުނގޫފާރުއެވެ.

މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް ހޮވުނު ބައިވެރިން ނަން ހަނދާނީ ލިޔުމާއި ޓްރޮފީ އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުލް އަޒީޒް އިސްމާޢިލްއެވެ.

މުޅި މުބާރާތުން 3 ވަނަ ހާސިލުކުރީ ފާތިމަތު އަމާނީ އަޙްމަދު، ރަތްވިލާގެ ރ. އަނގޮޅިތީމެވެ. މުޅި މުބާރާތުން 2 ވަނަ ހާސިލުކުރީ މަރްޔަމް އާލާ ޢަލީ ވެލަބުލިގެ ށ. ކޮމަންޑޫއެވެ. މުޅި މުބާރާތުން 1 ވަނަ ހާސިލުކުރީ އިބްރާހީމް ފުރުޤާން، ގަސްކަރަ ރ. އުނގޫފާރުއެވެ.

މުބާރާތުން ވަނަ ވަނަ އަށް ހޮވުނު ބައިވެރިންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދެއްވީ އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު، އުނގޫފާރު ކައުންސިލްގެ ނައިބުރައީސް ޔޫޝަޢު ނަސީމް، އުނގޫފާރު ކައުންސިލް މެމްބަރ މުޙައްމަދު މުނީޒު މޫސާ، ނޯތު ޕޮލިސް ރީޖަން ކޮމާންޑާރ އެސިސްޓެންޓް ކޮމިޝަނާރ އޮޕް ޕޮލިސް މޫސާ ޢަލީ، އުނގޫފާރު ޕޮލިސް ސްޓޭޝަން އިންޗާޖް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަލްފާޟިލް ޙުސައިން ޝިޔާމް، ރ. އަތޮޅު ކޮމާންޑާރ ޗީފް އިންސްޕެކްޓާރ އޮޕް ޕޮލިސް ޙުސައިން ރަޝީދު، އަދި އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައިސާ އަލްފާޟިލާ ނަޒްރާނާ ޙުސައިންއެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *