1019
0

ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ފުޓްސަލް މުބާރާތް މިއަދު ހަވީރު ފަށަނީ

1019
0

“ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ފުޓްސަލް ޓޯނަމަންޓް 2023” މިއަދު ހަވީރު ފަށާނެއެވެ. ޅ. ނައިފަރުގައި ކުރިއަށްދާ މިމުބާރާތުގައި އުތުރު ސަރަހައްދުގެ 4 އަތޮޅުން ކޮންމެ އަތޮޅެއްގެ ފުލުހުން ތަމްސީލް ކުރާ ޓީމެއް ވަނީ ބައިވެރި ވެފައެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތަށް މިއަދު ނައިފަރަށް އައުމުން ޓީމުތަކަށްވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރާނީ ބ އަތޮޅު ޕޮލިސް ޓީމާއި ނ. އަތޮޅު ޕޮލިސް ޓީމެވެ. ހަވީރުގެ 2 ވަނަ މެޗްގައި ބައްދަލުކުރާނީ

ރ އަތޮޅު ޕޮލިސް ޓީމާއި ޅ އަތޮޅު ޕޮލިސް ޓީމެވެ.

މިމުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމް ފައިނަލް ކުޅޭ ގޮތަށެވެ. މުބާރާތުގައި މިއަދު ހަވީރު 2 މެޗް އަދި މާދަމާ ހެނދުނު 2 މެޗް ހަވީރު 2 މެޗް ކުޅޭ ނެއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ ހޮނިހިރު ދުވަހު ހަވީރުއެވެ.

މިމުބާރާތުގެ ހުރިހައި މެޗްތަކެއް އުނގޫފާރު ޑޮޓް ކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *