1292
0

ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރ އަތޮޅު ޕޮލިސް ހޯދައިފި

1292
0

ކުޅުނު ހުރިހައި މެޗަކުން މޮޅުވެ ނޯތު ޕޮލިސް ރީޖަން ކޮމާންޑަރގެ ވާދައިގެ ތައްޓަށް ކުޅެވުނު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރ އަތޮޅު ޕޮލިސް ޓީމް ހޯދައިފިއެވެ. ރ އަތޮޅު ޕޮލިސް ޓީމު ޗެމްޕިއަންކަން މިހޯދީ އިއްޔެ ހަވީރު ނައިފަރުގައި ކުޅެވުނު ފައިނަލް މެޗުގައި 5-2 ން ޅ އަތޮޅު ޕޮލިސް ޓީމުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފައިނަލް މެޗްގައި ފުރަތަމަ ލަނޑު 7 ވަނަ މިނިޓް ޖަހައި މެޗުގެ ލީޑް ނެގީ ރ އަތޮޅު ޕޮލިސް ޓީމެވެ. ޅ އަތޮޅު ޕޮލިސް ޓީމުން 11 ވަނަ މިނެޓްގައި ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑާއެކު މެޗްގެ ފޯރި ގަދަވެގެން ދިޔަތަން ފެނިގެން ދިޔައެވެ. މެޗްގެ ފުރަތަމަ ހާފުގެ 19 މިނެޓްގައި 2 ވަނަ ގޯލް ކާމިޔާބުކޮށް މެޗްގެ ލީޑް ފުރަތަމަ ފަހަރަށް ޅ ޕޮލިސް ޓީމުން ނެގިއެވެ.

ފަސް ފައުލު ހަމަވެ ރ އަތޮޅު ޕޮލިސް ޓީމަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ނުކުރެވި ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-1 ން ޅ ޕޮލިސް ޓީމް ކުރީގައި އޮވެގެންނެވެ.

ހާފްޓައިމްގައި މަދަރުސަތުލް އިފްތިތާހުގެ ދަރިވަރުންގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއައެވެ.

މެޗްގެ ދެވަނަ ހާފުގެ 15 ވަނަ މިނެޓްގައި ރ އަތޮޅު ޕޮލިސް ޓީމުން 2 ވަނަ ލަނޑު ޖަހާ ނަތީޖާ ހަމަކުރިއެވެ. މިލަނޑާއެކު މެޗްގެ އޮއިވަރު ބަދަލުވެ ގާތްގާތުގައި ލަނޑުތައް ޖަހައި ރ އަތޮޅު ޕޮލިސް ޓީމް މެޗްގެ ލީޑް ނަގައި ތަފާތު ބޮކުރިއެވެ.

ރ. އަތޮޅު ޕޮލިސް ޓީމް ލަނޑު ތައް ޖަހާފައިވަނީ ފަހުހާފްގެ 17 ވަނަ މިނެޓް ގައި 3 ވަނަ ލަނޑު، އަދި 4 ވަނަ ލަނޑާއި 5 ވަނަ ލަނޑު ޖަހާފައިވަނީ އިތުރު ވަގުތެތެރޭގައިއެވެ.

މިއީ މިމުބާރާތުގެ ޗެމްޕިއަންކަން ރ އަތޮޅު ޕޮލިސް ޓީމް ކާމިޔާބުކުރި 2 ވަނަ ފަހަރެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ރ އަތޮޅު ޕޮލިސް ޓީމްގެ އަލީ ނަޒްމީ 13، އެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިން

ރ އަތޮޅު ޕޮލިސް ޓީމް، އަލީ ނަޒްމީ ޖނ 13

ރ އަތޮޅު ޕޮލިސް ޓީމް، މޫސާ އަފްރާހް މުހައްމަދު ޖނ 11

ޅ އަތޮޅު ޕޮލިސް ޓީމް، މުސްތަފާ މުހައްމަދު ޖނ 11

ނ އަތޮޅު ޕޮލިސް ޓީމް، އަހުމަދު އަލީ ޖނ 17

ޅ އަތޮޅު ޕޮލިސް ޓީމް، ހުސައިން ހާފިޒް ޖނ 9

މުބާރާތުގެ އެންމެ މޯޓިވޭޝަނަލް ޓީމަކަށް ހޮވިފައިވަނީވެސް ރ އަތޮޅު ޕޮލިސް ޓީމެއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ރ އަތޮޅު ޕޮލިސް ޓީމްގެ ކޯޗް ހުސައިން ޝިޔާމްއެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *