1093
0

ފޭސް 2 ގެ ބާކީ ހުރި މަގުތަކާއި ގޯޅި ތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފި

1093
0

އުނގޫފާރުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ފޭސް 2 ގެ މަގުތަކުގެ ތެރެއިން ތާރުނާޅާ ހުރި މަގުތަކާއި ގޯޅި ތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

17 ނޮވެމްބަރުގައި ސަރުކާރު ބަދަލުވިއިރު ފޭސް 2 ގެ ހުރިހައި މަގެއްގައިވަނީ ޕޭވްނަމްޓްހަދައި ސްޓޯމްވޯޓަރ ސިސްޓަމް ޤާއިމްކޮށްފައެވެ. އަދި ބަނދަރުގެ ކުޑަ ތަންކޮޅެއްފިޔަވައި ހުރިހައި މަގެއްގެ އޭ،ބީ،ސީ ވެސް ވަނީ އަޅާ ނިމި ހޮސްޕިޓަލްގެ އިރުމަތީ މަގުގައި ތާރުވެސް ވަނީ އަޅާ ނިމިފައެވެ.

އުނގޫފާރުގެ މަގުހެދުމުގެ މަސައްކަތް ފެށި ރައީސް ޔާމީންގެ ވެރިކަމުގައެވެ. ރައީސް ޔާމީންގެ ވެރިކަން ނިމި ވެރިކަން ބަދަލުވިއިރު ފޭސް 1 ގެ ގިނަ މަގުތަކުގެ ޕޭވްމަންޓްގެ މަސައްކަތް ވަނީ ނިންމައި ބައެއް މަގުތަކުގައި އޭބީސީ ވެސް ވަނީ އަޅާފައެވެ. އަދި އުނގޫފާރު ސްކޫލްގެ ހުނޅަގު މަގުގެ މެދަކާ ހިސާބަށް ތާރުވެސް ވަނީ އަޅާފައެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ ވެރިކަމާއި ހަވާލުވެލެއްވި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އުނގޫފާރު މަގުހެދުމުގެ މަސައްކަތް އަލުންފެށިއިރު ބައެއްކަހަލަ ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން ކުރިން އަޅާފައިހުރި ސިމެންތި ލޭޔަރު (އޭ،ބީ،ސީ) ނަގައި ހިލައިގެ ލޭޔަރ (އޭ،ބީ،ސީ) އެޅުމާއި ސްޓޯމް ވޯޓަރ ސިސްޓަމް ޤާއިމުކުރުން އަދި ބައެއް މަގުތައް ފުޅާ ކުރުން ހިމެނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ނިމުނުއިރު ފޭސް 1 މަގުތައް ނިންމައި ފޭސް 2 ގެ މަގުތައް ފަށައި އެއްކޮން ނިންމިފައިވަނީ ހޮސްޕިޓަލްގެ އިރުމަތީ މަގެވެ. ފޭސް 2 ގެ ބާކީހުރި 5 މަގު އަދި 3 ގޯޅީގައި ނުނިމިހުރީ ތާރު އެޅުމުގެ މަސައްކަތެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *