2384
0

އުނގޫފާރު ފުޓްސަލް ޓީމްގެ ކެޕްޓަން އަކަށް މަމްދޫހު (މަންޑޭ)

2384
0

ހޮނިހިރު ދުހަވު ފެށުމަށް ހަމަޖެހިފައިވާ “ރ އަތޮޅު ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގައި ވާދަކުރާ އުނގޫފާރު ފުޓްސަލް ޓީމްގެ ކެޕްޓަން އަކަށް މަމްދޫހު އަބްދުލް ޤާދިރު (މަންޑޭ) ހަމަޖައްސައިފިއެވެ.

ކެޕްޓަންއަކަށް މަންޑޭ ހަމަޖެއްސިކަން ރަސްމީކޮށް އިއުލާން ކޮށް ބޭންޑް ހަވާލުކުރީ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ޖާޒީކިޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ހޯމަ ދުވަހު ހަވީރު އުނގޫފާރު އިސްލާމިކް ސެންޓަރުގެ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ކެޕްޓަން އިއުލާނުކޮށް މަންޑޭ އާއި ބޭންޑު ހަވާލުކޮށްދެއްވީ އުނގޫފާރު ކައުންސިލް މެމްބަރ އަދި ޓީމުގެ މެނޭޖަރ މުހައްމަދު މުނީޒް މޫސާއެވެ.

މިރަސްމިއްޔާތުގައި ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްދެއްވީ ފުޓްބޯޅައަށް އުނގޫފާރުގައި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އަލީ މުފީދު އާއި އުނގޫފާރު އެފްސީގެ މެނޭޖަރ އަހުމަދު ނިޔާޒު އާއި ވިޔަފާވެރިވެރިޔާ އިބްރާހީމް ހަލީމް އަދި މުހައްމަދު ނަދީމްއެވެ. އޮފިޝަލުންގެ ކިޓް ހަވާލުކޮށްދެއްވީ ކައުންސިލް މެމްބަރ ނަޒީރާ ރަޝީދުއެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *