1884
0

އުނގޫފާރުގެ ޒުވާން ޓީމް މިރޭ ދުވާފަރާ ދެކޮޅަށް. ބޭނުންވަނީ ސަޕޯޓް

1884
0

ރ. އަތޮޅު ކައުންސިލް ފުޓްސަލް ޗެލެންޖްގައި މިރޭ އުނގޫފާރުގެ ޒުވާން ޓީމް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރު ޓީމާދެކޮޅަށެވެ.

މިމުބާރާތަށް އުނގޫފާރުން ނިކުންނަ 16 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނޭ 9 ކުޅުން ތެރިންގެ ތެރެއިން 8 ކުޅުންތެރިންނަކީ 18 އަހަރުން ދަށުގެ ކުޅުން ތެރިންނެވެ. މިދިޔަ އަހަރު ކުޅެވުނު ޖަޒީރާ ލީގްގައި އުނގޫފާރު އެފްސީއަށް ކުޅުފައިވާ ކުޅުންތެރިންގެ ތެރެއިން ޓީމުގައި ހިމެނިފައިވަނީ 7 ކުޅުންތެރިންނެވެ.

ޓީމުގައި ހިމެނޭ 18 އަހަރުން ދަށުގެ ޒުވާން ކުޅުން ތެރިންނަށް ބަލާއިރު 2 ކީޕަރުން ކަމަށްވާ ޝިޒާން އާއި ނަޖުވާން، މާހިދު، ގަޒުވާން، ޖައިޝަމް، ގައިސް، މުސްއަބު (މުއްބި) އަދި ނަޒާލް ޖިމެނެއެވެ.

ރިސޯޓް ފުޓްސަލްގައި ކުޅެ ތަޖްރިބާހުރި ނާހިދު (ނާޑް) ގެ އިތުރުން ދެން ޓީމުގައި ހިމެނޭ ސީނިއަރ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނަކީ ގޯލްކީޕަރ މުހައްމަދު އަޝްވާން (އަޝްކޮ)، ހަސަން ފަޒީލް، ހުސައިން ރިމާޒް، މުހައްމަދު ސާއިފް، އާތިފް އިޤްބާލް، އާދަމް ރައިހާން އަދި ކެޕްޓަން މަމްދޫހު އަބްދުލް ޤާދިރު (މަންޑޭ) އެވެ.

ޓީމުގެ ކޯޗެއްގެ ގޮތުގައި ސިނާން ހަމަޖައްސާފައިވާއިރު ޓީމުގެ މެނޭޖަރ އަކީ ކައުންސިލް މެމްބަރު މުހައްމަދު މުނީޒް މޫސާއެވެ. އޮފިޝަލުންގެ ގޮތުގައި ޒަޔާން، މަންސޫރު އަދި އަހުމަދު އާސިފް ވަނީ ޓީމުގައި ހިމަނާފައެވެ.

މިރޭގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައެވެ. މިރޭގެ މެޗަށް ޓީމު އުނގޫފާރުން އިންނަމާދޫއަށް ދިއުމަށް ފުރުމަށް ހަމަޖެހިފައިވަނީ 18:50 ގައެވެ. ޓީމު ފުރާގަޑިއަށް ވީހާވެސް ގިނަ ބަޔަކު ޓީމަށް ހިތްވަރުދީ ޓީމު ފުރުވާލުމަށް ބަނދަރަށް ވަޑައިގެން ދެއްވުން ވަރަށް މުހިއްމެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *