1245
0

ދަތުގެ ފަރުވާއަށް “މެޑްޕްލަސް ޑެންޓަލް” ކްލިނިކް

1245
0

ދަތުގެ ގިނަ ފަރުވާތަކެއްދޭ މުޅިން އާކުލިނިކެއް “މެޑްޕްލަސް ޑެންޓަލް” އުނގޫފާރުގައި ހުޅުވައިފިއެވެ.
އުނގޫފާރު އިސްލާމީ މަރުކަޒުގެ އުތުރުން އޮތް މަގުގައި ހަނދުވަރީގޭގައި ގާއިމް ކޮށްފައިވާ “މެޑްޕްލަސް ޑެންޓަލް” ކުލިނިކް ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރ މަހު 24 ވަނަ ދުވަހުއެވެ.


މިކްލިނިކުން މިވަގުތު ދެމުންގެންދާ ދަތުގެ ފަރުވާތަކުގެ ތެރޭގައި ނަރުގަނޑު އެޅުވުމާއި ދަތް ސާފުކުރުމާއި ދަތްޖަހައި ދިނުމާއި ހިރުގަނޑުގެ މައްސަލަތަކަށް ފަރުވާދިނުމާއި ދަތުގެ އެކިކަހަލަ އޮޕަރޭޝަންތައް ކުރުމާއި ދަތްޕިލާ ހުދުކޮށްދިނުމާއި ފުޓުނި އެޅުންފަދަ ފަރުވާތައް ހިމެނެއެވެ.
ކުލިނިކް އާއްމުކޮށް ހުޅުވާފައި ހުންނަނީ ހެނދުނު 9:00 ން މެންދުރުފަހު 15:00 އަށް އަދި ރޭގަނޑު 19:00 ން 22:00 އަށެވެ.


ކުލިނިކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6583552 އާއި އަދި ވައިބަރ ނަމަ 9938552 ނަމްބަރާއެވެ.


ކްލިނިކްގެ ހިދުމަތްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތުން ދެއްވަމުން އެފަރާތުން ބުނެފައިވަނީ މިވަގުތު ކްލިނިކުން ހޯދާ ހިދުމަތްތަކަށް އާސަންދައިގެ ދަށުން ފަރުވާ ނުލިބުނަސް ވަރަށް އަވަހަށް އާސަންދައިގެދަށުން ހިދުމަތް ފޯރުކޮށްދޭނެ ފަށާނެކަމަށެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *