817
0

އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތް – ފުރަތަމަ ލޯޑުގެ ވެލި މިއަދު މެންދުރުފަހު

817
0

ސަރުކާރުން ކުރިއަށްގެންދާ އުނގޫފާރު ބިންހިއްކުމުގެ ޕްރޮޖެކްޓުގައި ޓެސްޓް ލޯޑްގެ ވެލި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދަށް މިއަދު މެންދުރު ފަހު އަޅާނެއެވެ.

މިއަދު މެންދުރު ފަހު މިއަޅާ ވެލިލޯޑަކީ މަހާޖައްރާފްގެ ޓެސްޓް ބުރެކެވެ. މިއަދު ވެލި ލޯޑު މިކުރަނީ މަރާމާތައް ގިނަދުވަސްތަކަށް އުޅަނދު ބޭނުން ކުރުން ހުއްޓާލާފައިު އޮތުމަށްފަހު އެވެ. ބިން ހިއްކުމަށް މަހާޖައްރާފު އުނގޫފާރަށް އައިސްފައިވަނީ ރޭފަތިހުއެވެ.

މިއަދު އަޅާ ވެލި ލޯޑަށްފަހު އިތުރަށް ވެލިއެޅުން ކުރިއަށް ގެންދާނީ އުނގޫފާރުގެ ބިންހިއްކުން ރަސްމީކޮށް ފެށުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ބިންހިއްކުން އިފްތިތާހް ކުރުމަށް ފަހުއެވެ.

މިރަސްމިއްޔާތު ވީހާވެސް ކުލަގަދަކޮށް ގެންދިއުމަށްޓަކައި އުނގޫފާރު ކައުންސިލުން ދަނީ އުނގޫފާރުގެ މުވައްސަސާތަކާއި ކްލަބް ޖަމިއްޔާތަކާއެކު އެކަން އިންތިޒާމް ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުވައްސަސާ ތަކާއެކު ބޭއްވި ފުރަތަހަ ބައްދަލުވުން ބޭއްވީ މިހަފްތާގެ ހޯމަ ދުވަހުއެވެ. އެދުވަހުގެ ބައްދަލުވުމުގައި ވަނީ މިކަމަށް ހާއްސަކޮށް ކޮމެޓީއެއްވެސް އެކުލަވާލާފައެވެ.

އުނގޫފާރުގެ ބިންހިއްކުމުގެ މަސްރޫއަކީ 2022 ވަނަ އަހަރުންފެށިގެން ބަޖެޓްކޮށް ތަފާތު އެކި ސަބަބު ތަކާހުރެ މަޑުޖެހިފައިވާ މަޝްރޫއެކެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *