257
0

ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުޞަތު އުނގޫފާރު ކައުންސިލުން ހުޅުވާލައިފި

257
0

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީކުރުމަށް ފުރުސަތު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލުން ހުޅުވާލައިފިއެވެ.

އުނގޫފާރު ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، 1445 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީ ވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން ”ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް“ ހުށަހެޅުމުގެ ފުރުސަތު  2024 ޖެނުއަރީ 14 އިން 2024 ފެބްރުއަރީ 01 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އެ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ޖަނަވަރީ 14 އިން 2024 ފެބުރުވަރީ 1 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ވަގުތުތަކުގައި އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *