304
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 މިރޭ ފަށަނީ

304
0

އުނގޫފާރު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024” މިރޭ ފަށާނެއެވެ. މިމުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 20:30 ގައި އުނގޫފާރު ޒުވާނުންގެ މަރުކަޒުގެ ފުޓްސަލް ދަނޑުގައެވެ.

މިމުބާރާތް ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އުނގޫފާރު ކައުންސިލުން ހުޅުވާލައި މުބާރާތުގައި ބައިވެރިވުމަށް ދިން މުއްދަތުގައި މުބާރާތުގައި ބައިވެރިވީ 9 ޓީމެވެ. އެޓީމު ތަކަކީ ކޭޑީ އެފްޓީ، ބީސީ ބޯއީސް، ޒެގް، ޓީމް އޮރި، ޑިކެޑްސް، ޕޮލިސް އެފްސީ، ނިއު ސްޓަރ، ދި އަމީގޯސް އަދި ޓައިޓަން އާރުސީ އެވެ.

މުބާރާތުގެ ގުރުއަތުލުން ބޭއްވީ މިމަހުގެ 20 ވަނަ ދުވަހުއެއެވެ. ބައިވެރިވި ޓީމުތައް 2 ގްރޫޕަކަށް ބަހާލެވުނުއިރު ގްރޫޕް އޭގައި ހިމެނެނީ ޓީމް އޮރި، ޕޮލިސް އެފްސީ، ދި އަމީގޯސް އަދި ކޭޑީ އެފްޓީއެވެ.

ގްރޫޕް ބީ ގައި ހިމެނެނީ ބީސީ ބޯއީސް، ޑިކެޑްސް، ނިއު ސްޓަރ، ޓައިޓަން އާރުސީ އަދި ޒެގްއެވެ.

މުބާރާތް ފެށުމުގެ ގޮތުން މިރޭ ކުޅެވޭ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ބީސީ ބޯއީސް އާއި ޑިކެޑްސް އެވެ. މިރޭގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ޓައިޓަން އާރުސީ އާއި ޒެގް އެވެ.

މިމުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗްތައް ކުރިއަށްދާނި މިރެއިންފެށިގެން ކޮންމެ ރެއަކު 20:30 ފެށިގެން އުނގޫފާރު ޒުވާނުންގެ މަރުކަޒުގެ ފުޓްސަލް ދަނޑުގައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާޗް 2 ވަނަދުވަހުގެ ރޭ އެވެ. މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މާޗް 4 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައެވެ.

މިމުބާރާތުގެ ހުރިހައިމެޗެއްވެސް އުނގޫފާރު ޑޮޓްކޮމް އަދި އުނގޫފާރު ކައުންސިލް ސްޕޯޓްސްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *