273
0

ބީސީ ބޯއީސް ބަލިކޮށް ޑީކެޑްސް ހިންދެމިލައިފި

273
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ފުރަތަމަ މެޗްގައި ރޭ ބައްދަލުކުރީ ގްރޫޕް ބީގެ ބީސީ ބޯއީސް އާއި ޑިކެޑްސް އެވެ. ގްރޫޕް ބީ ގައި އެންމެ ވަރުގަދަކޮށް އަދި ވާދަވެރިކޮށް ފެންނަ ދެޓީމަކީ މިދެޓީމެވެ. ގްރޫޕް އެއްވަނަ ހޯދުމަށް މިމެޗަކީ ދެޓީމަށްވެސް ވަރަށް މުހިއްމު މެޗެކެވެ.

ފުޓްބޯޅާގައި އުނގޫފާރުގެ ގިނަ ތަރިންނާއެކު މިމުބާރާތަށް ނިކުތް ޑީކެޑްސް އިން މެޗްގެ ފުރަތަމަ މިނެޓްގެ ތެރޭގައިވަނީ ލަނޑުޖަހައި ލީޑްނަގާފައެވެ. މިގޯލު ޖަހައިދިނީ އުޒައިރު ހަސަންއެވެ. އުޒައިރު އަކީ ޓީމު އޮރިން މިމުބާރާތައް ޑީކެޑްސް އަށް ގެނައި ކުޅުންތެރިއެވެ.

ބީސީ ބޯއީސް އަކީވެސް މިމުބާރާތަށް ގިނަ ކުޅުންތެރިންތަކެއް ގެނައި ޓީމެކެވެ. މުބާރާތުގެ ޤަވާއިދު ބުނާގޮތުން ރަށުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އުނގޫފާރުގެ ރައްޔިތަކާއި ކައިވެނި ކޮށްގެން އުޅޭފަރާތްތައް ބަލަނީ އުނގޫފާރު ކުޅުންތެރިންގެ ގޮތުގައެވެ. އެގޮތުން ރަށުންބޭރު ކުޅުންތެރިއަކާއެކު 4 ކުޅުންތެރިއަކު ވަނީ ޓީމަށް ގެނެސްފައެވެ.

ފޯރިގަދަ ކުޅުމަކަށްފަހު ފުރަތަމަ ހާފް ނިމިގެން ދިޔައީ ފުރަތަމަ މިނެޓްގައި ޑީކެޑްސް އިން ލަނޑުޖަހައި ނެގި ލީޑްގައި އޮވެގެންނެވެ.

ބީސީ ބޯއީސް އިން ނަތީޖާ ހަމަކުރީ ފަހުހާފުގެ 7 ވަނަ މިނެޓްގައެވެ. ލިބުނު ހިލޭ ޖެހުމެއްގައި މިލަނޑު ކާމިޔާބު ކޮށްދިނީ މިފްރާހް ވަހީދު (މިއްޕެ) އެވެ. މެޗްގައި ދެވަނަ ފަހަރަށް ޑީކެޑްސް އިންލީޑު ނެގީ ފަހުހާފުގެ 13 ވަނަ މިނެޓްގައެވެ. ލިބުނު ހިލޭޖެހުމެއްގައި މިލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ސާއިފް އެވެ. މެޗްގެ އިތުރު ވަގުތުގައި ޑީކެޑްސް އަށް 3 ވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީ ރަށުންބޭރުން މިމުބާރާތައް އެޓީމަށް ގެނައި އަހުމަދު ބައްސާމްއެވެ. މެޗްގެ އިތުރު ވަގުތުގައި ބީސީ ބޯއީސް އަށް ފަރަގު ކުޑަކޮށްދިނީ ކެޕްޓަން ސިންދުބާދުއެވެ.

ފޯރިގަދަ ބާލާހިއްވާކަހަލަ ރީތި ކުޅުމެއް ފެނިގެންދިޔަ މިމެޗް މިނިގެން ދިޔައީ 3-2 ޑީކެޑްސް ކާމިޔާބު ކޮށްގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީކެޑްސްގެ ޖަޒީނަމްބަރު 7 އަހުމަދު ބައްސާމު މުހައްމަދު ނައީމްއެވެ.

މިމުބާރާތުގައި ބީސީ ބޯއީސްގެ މެޗެއް ދެން އޮންނާނީ 25 ފެބްރުއަރީގައެވެ. 21:30 ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބީސީ ބޯއީސް ނިކުންނާއި ޒެގް އާއި ދެކޮޅަށެވެ.

މިމުބާރާތުގައި ޑީކެޑްސްގެ މެޗެއް ދެން އޮންނާނީ 26 ފެބްރުއަރީ ގައެވެ. 21:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ޑީކެޑްސް ނިކުންނާނީ ނިއު ސްޓަރ އާއި ދެކޮޅަށެވެ.

މެޗްގެ ފޭސްބުކް ލައިވް ބެއްލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/739943564901703

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *