317
0

ޒެގް ބަލިކޮށް ޓައިޓަންސް އާރުސީ ފެށުން ރަގަނޅު ކޮށްފި

317
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ދެވަނަ މެޗްގައި ރޭ ބައްދަލުކުރީ ގްރޫޕް ބީގެ ޓައިޓަންސް އާރުސީ އާއި ޒެގް އެވެ.

ޓައިޓަންސް އާރުސީ އަކީ ވަރަށްފަހުން ރެޗްރިއޭޝަން ކްލަބެއްގެ ގޮތުގައި ރެޖިސްޓްރީ ކޮށް ހަރަކާތްތެރިވާން ފަށާފައިވާ ކްލަބެކެވެ. ފުޓްބޯޅައިގެ އިތުރުން ވޮލީގައިވެސް ޓައިޓަންސް އަންނަނީ ވާދަކުރަމުންނެވެ.

ޒެގް ޓީމަކީ ވަރަށް ޒުވާން ކުޅުންތެރިން ތަކަކާއެކު މިމުބާރާތަށް އުފެއްދި ޓީމެކެވެ. މުބާރާތަށް އިތުރަށް ޓީމު ވަރުގަދަ ކުރުމަށް ރަށުންބޭރުން ކުޅުންތެރިއެއްގެ ގޮތުގައި ދުވާފަރު ކުޑަމެސީ ވަނީ ޓީމުގައި ހިމަނާފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑްނެގީ ޓައިޓަންސް އާރުސީއެވެ. 10 ވަނަ މިނެޓްގައި މިލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު އިފްލާހްއެވެ. ޒެގް އިން ނަތީޖާ ހަމަކުރީ 16 ވަނަ މިނެޓްގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ އަބްދުﷲ ވަހީދު (ވައްޑެ) އެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޒެގްއަށް ލީޑް ނަގައިދިނީ މުރުތަލާ މުހައްމަދު (މުރޭ) އެވެ.

ފަހުހާފުގެ 6 ވަނަ މިނެޓްގައި ޓައިޓަންސް އާރުސީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އަހުމަދު އާސިފް އެވެ. މެޗުން ޓައިޓަންސް އާރުސީ މޮޅުވި ލަނޑު ފަހުހާފުގެ 14 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ގަޒްވާން ބިން އަހުމަދު އާސިފްއެވެ.

މިމެޗް ނިމިގެން ދިޔައީ 3-2 ޓައިޓަންސް އާރުސީ ކާމިޔާބު ކޮށްގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓައިޓަންސް އާރުސީގެ ޖަޒީނަމްބަރު 11 މުހައްމަދު އިފްލާހްއެވެ.

މިމުބާރާތުގައި ޓައިޓަންސް އާރުސީގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ 21:30 ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ޓައިޓަންސް އާރުސީ ނިކުންނާނީ ނިއު ސްޓަރ އާއި ދެކޮޅަށެވެ.

މިމުބާރާތުގައި ޒެގް މެޗެއް ދެން އޮންނާނީ 25 ފެބްރުއަރީ ގައެވެ. 21:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ޒެގް ނިކުންނާނީ ބީސީ ބޯއީސް އާއި ދެކޮޅަށެވެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/207184712487342

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *