191
0

ޓީމް އޮރި އަދި ޕޮލިސް އެފްސީއަށް ޕޮއިންޓެއް

191
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ދެވަނަ ރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ގްރޫޕް އޭގެ ޓީމު އޮރި އާއި ޕޮލިސް އެފްސީއެެވެ.

ފޯރިގަދަ ރީތި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑްނެގީ ޓީމް އޮރިންނެވެ. ފުރަތަމަ ހާފްގެ 16 ވަނަ މިނެޓްގައި މިލަނޑު ކާމިޔާބު ކޮށްދިނީ އަބްދުﷲ ޝަރީފްއެވެ. ޕޮލިސް އެފްސީން ނަތީޖާ ހަމަކުރީ 18 ވަނަ މިނެޓްގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ނަޒީމް އެވެ. ޕޮލިސް އެފްސީން ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކުރިތާ މިނެޓެއް ނުވަނީސް މެޗުގައި ދެވަނަ ފަހަރަށް ޓީމް އޮރިއަށް ލީޑް ނަގައިދިނީ ހުސައިން ރިމާޒްއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-1 ލަނޑުން ޓީމް އޮރި ކުރީގައި އޮވެގެންނެވެ.

ފަހުހާފުގެ 6 ވަނަ މިނެޓްގައި ޕޮލިސް އެފްސީ އަށް ދެވަނަ ފަހަރަށްވެސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ނަޒީމް އެވެ. ފަހުހާފުގެ 12 ވަނަ މިނެޓްގައި ކާމިޔާބު ކުރިލަނޑާއެކު މިމެޗުގައި ފުރަތަމަ ފަހަރަށް ޕޮލިސް އެފްސީ އަށް ލީޑް ލިބިގެންދިޔައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އިބްރާހީމް އިސްމާއީލް (މަލާ) އެވެ. ޕޮލިސް އެފްސީ އަށް ލީޑްގައި ހިފަހައްޓާލެވުނީ ކުޑަ ވަގުތު ކޮޅެއްގައެވެ. ދެ މިނިޓްފަހުން 14 ވަނަ މިނެޓްގައި ޓީމް އޮރިއަށް ނަތީޖާ ހަމަކޮށްދިނީ ޒުވާން ކުޅުންތެރިޔާ މުހައްމަދު މާދިހުއެވެ.

މިމެޗް ނިމިގެން ދިޔައީ 3-3 ން ދެޓީމް އެއްވަރު ވެގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމު އޮރީގެ ޖާޒިނަމްބަރ 14 މުހައްމަދު އަޝްވާން (އަޝްކޮ) އެވެ.

މިމުބާރާތުގައި ޓީމު އޮރީގެ މެޗެއް ދެންއޮންނާނީ 26 ފެބްރުއަރީ ގައެވެ. މާދަމާރޭ 20:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ޓީމް އޮރި ނިކުންނާނީ ދި އަމީގޯސް އާއި ދެކޮޅަށެވެ.

މިމުބާރާތުގައި ޕޮލިސް އެފްސީގެ މެޗެއް ދެން އޮންނާނީ 27 ފެބްރުއަރީ ގައެވެ. 20:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ޕޮލިސް އެފްސީ ނިކުންނާނީ ކޭޑީ އެފްޓީ އާއި ދެކޮޅަށެވެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/757802452984815/

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *