269
0

ދެވަނަ މެޗްވެސް ޓައިޓަންސް ކާމިޔާބު ކޮށްފި

269
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ދެވަނަ ރޭގެ ދެވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕް ބީގެ ޓައިޓަންސް އާރުސީ އާއި ނިއު ސްޓަރ އެވެ.

މިއީ ޓައިޓަންސް އާރުސީ މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. އަދި ނިއު ސްޓަރ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ޓައިޓަންސް އާރުސީ ވަނީ އެޓީމުގެ ފުރަތަމަ މެޗްގައި ޒެގް އާއި ވާދަކޮށް 3-2 މެޗް ކާމިޔާބުކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑްނެގީ ޓައިޓަންސް އާރުސީންނެވެ. ފުރަތަމަ ހާފްގެ 7 ވަނަ މިނެޓްގައި މިލަނޑު ކާމިޔާބު ކޮށްދިނީ މަސީހްއެވެ. ޓައިޓަންސް އެޓީމުން ދެވަނަ ލަނޑުޖަހާ ލީޑް ފުޅާކުރީ 14 ވަނަ މިނެޓްގައެވެ. މި ލަނޑު ޖަހައިދިނީ ލުގުމާންއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ލަނޑުން ޓައިޓަންސް އާރުސީ އޮވެގެންނެވެ.

މެޗްނިމެން ދެ މިޓެއްވެފައި ވަނިކޮށް ޓައިޓަންސް އިން އެމީހުންގެ 3 ވަނަ ލަނޑު ކާމިޔާބުކުރިއެވެ. މިލަނޑު ޖަހައިދިނީ ގަޒުވާންއެވެ. މެޗްގައި ނިއު ސްޓަރގެ ހަމައެކަނި ލަނޑު 18 ވަނަ މިނެޓްގައި ޖަހައިދިނީ މައިޝަންއެވެ.

މިމެޗް ނިމިގެން ދިޔައީ 3-1 ން ޓައިޓަންސް އާރުސީ މެޗްކާމިޔާބު ކޮށްގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓައިޓަންސް އާރުސީގެ ޖާޒީނަމްބަރ 10 ގަޒުވާން ބިން އަހުމަދު އާސިފް އެވެ.

މިނަތީޖާ އާއެކު ކުޅުނު 2 މެޗެވެސް ކާމިޔާބު ކޮށް ޓައިޓަންސް އާރުސީ އޮތީ ގުރޫޕްބީގެ އެއްވަނައިގައެވެ.

މިމުބާރާތުގައި ޓީމު އޮރީގެ މެޗެއް ދެންއޮންނާނީ 27 ފެބްރުއަރީ ގައެވެ. މާދަމާރޭ 21:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ޓައިޓަންސް އާރުސީ ނިކުންނާނީ ބީސީ ބޯއީސް އާއި ދެކޮޅަށެވެ.

މިމުބާރާތުގައި ނިއު ސްޓަރގެ މެޗެއް ދެން އޮންނާނީ 26 ފެބްރުއަރީ ގައެވެ. މާދަމާރޭ 21:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ނިއު ސްޓަރ ނިކުންނާނީ ގުރޫޕްގެ އެންމެ ވަރުގަދަ އެއްޓީމު ކަމަށްވާ ޑީކެޑްސް އާއި ދެކޮޅަށެވެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/1677007542706211

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *