193
0

ދި އަމީގޯސް އާއި ކޭޑީ އެފްޓީގެ މެޗްވެސް އެއްވަރު

193
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ތިންވަނަ ރޭގެ ފުރަތަމަ މެޗް، މުބާރާތުގެ 5 ވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕް އޭގެ ދި އަމީގޯސް އާއި ކޭޑީ އެފްޓީއެވެ.

މިއީ މިމުބާރާތުގައި މިދެޓީމުގެވެސް ފުރަތަމަ މެޗްވެ. މިމެޗަގައި ފެނިގެންދިޔަ ދެ ލަނޑުވެސް ޖަހާފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑްނެގީ ކޭޑީ އެފްޓީންނެވެ. ފުރަތަމަ ހާފްގެ 9 ވަނަ މިނެޓްގައި މިލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު އިސާމް (ޝަންޓޭ) އެވެ. ޝަންޓޭއަކީ މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ދުވާފަރު ޓީމުގެވެސް އެއްމެ މުހިއްމު ކުޅުންތެރިޔާއެވެ. ޝަންޓޭވަނީ އެމުބާރާތުގެ މިޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި އެންމެގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.

ދި އަމީގޯސް އިން ނަތީޖާ ހަމަކުރީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި އިބްރާހީމް ޝިމާހް (ތަޑޭ) އެވެ. ތަޑޭ އަކީވެސް ގޯލްޑަން ފުޓްސަލް މުބާރާތުގައި ކ ގުޅީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ނިމިގެން ދިޔައީ މި ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. މި ގްރޫޕުގެ ފުރަތަމަ މެޗް ޕޮލިސް އަދި އޮރި ބައްދަލުކުރި މެޗްވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދި އަމީގޯސްގެ ޖާޒީނަމްބަރ 17 އިބްރާހީމް ޝިމާހްއެވެ.

މިމުބާރާތުގައި ތި އަމީގޯސްގެ މެޗެއް ދެންއޮންނާނީ 26 ފެބްރުއަރީ ގައެވެ. މިރޭ 20:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ދި އަމީގޯސް ނިކުންނާނީ ޓީމް އޮރި އާއި ދެކޮޅަށެވެ.

މިމުބާރާތުގައި ކޭޑީ އެފްޓީގެ މެޗެއް ދެން އޮންނާނީ 27 ފެބްރުއަރީ ގައެވެ. މާދަމާރޭ 20:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ކޭޑީ އެފްޓީ ނިކުންނާނީ ޕޮލިސް އެފްސީ އާއި ދެކޮޅަށެޗެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/1615618445916545/

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *